އެންމެ ފަހުގެ

Post Top Ad

Your Ad Spot

06 July 2020

ސްޓޯރީބަރޑް

ޓޫލްގެ ތަޢާރަފް

ސުޓޯރީ ބަރޑަކީ އުނގެނުމާއި އުނގަންނައި ދިނުމުގައި ވެސް ބޭނުން ކުރެވިދާނެ ޓޫލެކެވެ. ދަރިވަރުންގެ ލިޔުންތެރިކަމާއި  ކިޔުންތެރިކަން ކުރިއެރުވުމަށް ބޭނުން ކުރެވިދާނެ ސޯޝަލް ވެބްސައިޓެކެވެ)ކިންގް، 2002). މި ސައިޓް  އާންމުކޮށް ބޭނުން ކުރަނީ ވާހަކަ ލިޔާށެވެ. އެގޮތުން ސައިޓްގައި ހުންނަ ތަފާތު ކުރެހުންތައް ބޭނުން ކޮށްގެން ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލުތައް ފާޅުކުރުމުގެ ފުރުސަތު ދިނުމުން ދަރިވަރުންގެ އަމިއްލަ ވާހަކަ ވެސް އުފެއްދޭނެއެވެ. ވާހަކައިގެ އިތުރުން ތަސްވީރު ބޭނުން ކޮށްގެން ޖުމްލަ ހެދުމާއި ، ޅެން ލިޔުން ، ވީޑިއޯ އިން ތަސްވީރު ވާހަކަ އުފެއްދުން، ވާހަކައަށް އުފެއްދުންތެރި ފާޑު ކިޔުމުގެ  ފުރުސަތު ދަރިވަރުންނަށް  ދެވިދާނެއެވެ.

ސުޓޯރީ ބަޑަކީ ދަރިވަރުންގެ ލިޔުމުގެ ފެންވަރު މަތިކުރުމަށްޓަކައި އުފެއްދުންތެރި ،ބިނާކުރުވަނި ޚިޔާލު ލިޔުމަށް ފުރުސަތު ދެވޭ ޓޫލެކެވެ. އެގޮތުން ތަސްވީރު ދޭހަ، ތަސްވީރުން ފެންނަ ތަކެތި ލިޔުން، އުފެއްދުންތެރި ފާޑުކިޔުން، ވާހަކަ ލިޔުން ފަދަ މަސައްކަތް ކުރުމަށް ބޭނުން ކުރެވިދާނެއެވެ. މި ވެބްސައިޓްގައި ހުންނަ ތަސްވީރުތައް ބޭނުން ކޮށްގެން އަމިއްލަ ވާހަކަ އުފެއްދޭނެއެވެ. މި ސައިޓްއަށް އަމިއްލަ ތަސްވީރެއް އިތުރެއް ނުކުރެވޭނެއެވެ. ސައިޓްގައި ހުންނަ ކުރެހުންތަކަށް ލިޔެވޭނެއެވެ.މި ކުރެހުންތަށް ނުވަތަ ތަސްވީރުތައް ބޭނުންކޮށްގެން ތަސްވީރު ދޭހަ ވެސް ދެވިދާނެއެވެ.ވާހަކައިގެ އިތުރުން ތަސްވީރު ބޭނުން ކޮށްގެން ޖުމްލަ ހެދުމާއި ، ޅެން ލިޔުން ، ވީޑިއޯ އިން ތަސްވީރު ވާހަކަ އުފެއްދުން، ވާހަކައަށް އުފެއްދުންތެރި ފާޑުކިޔުން، ނަންއިތުރާއި ކަން އިތުރު ފާހަގަކުރުން، ނަމާއި ކަން ފާހަގަ ކުރުމުގެ  ފުރުސަތު ދަރިވަރުންނަށް  ދެވިދާނެއެވެ.


 ބައެއް ލިމިޓޭޝަން
 ·         ދަރިވަރުން އަތުގައި އަމިއްލަ އައިޕެޑެއް ނުވަތަ ޓެބްލެޓެއް ނުވަތަ އެހެން ވެސް ޑިވައިސްއެއް އޮތުން މަޖުބޫރުވެއެވެ.
·         ސްޓޯރީއެއް ކްރިއޭޓްކުރަން ފުދޭވަރަކަށް ގިނަވަގުތު ނަގައެވެ.
·         މި ޓޫލް ދަރިވަރުން ދަސްކުރަން ވަރަށްގިނަ ވަގުތު ނެގިއެވެ. ބައެއް ކުދިންނަށް ދަސްކުރަން އުދަގޫކަމުން ފޫހިވެގެން މަސައްކަތާ ކުޑަކޮށް ދުރުވާހެން ހީވިއެވެ.  
·         ދިވެހިން ލިޔުމަށް ދަރިވަރުންނަށް ވަރަށް އުނދަގޫ ކަމަކަށް ވިއެވެ.
·         ފޮންޓު ނެތުމާއި ބޮލި ފޮންޓުން ލިޔެވޭތީ ދަރިވުން އެކަމުގައި ގިނަ ވަގުތު ނެގިއެވެ.


މުދައްރިސުން ސުޓޯރީ ބާރޑް ބޭނުން ކުރާނެގޮތުގެ މަޢުލޫމާތު ތިރީގައިވާ ވީޑިއޯ އިން ބައްލަވާށެވެ. 




 ދަރިވަރުންނާއި، ޓީޗަރުން ސުޓޯރީ ބާރޑް ހެދުމަށް މައުލޫމާތު ލިބިދޭ ލިންކްތައް






މުދައްރިސްގެ ގައިޑް
ü      ފުރަތަމަ މެއިލް އެޑްހުޅުވާށެވެ.
ü      ފުރަތަމަ މެއިލް އެޑްހުޅުވާށެވެ. މިސާލު ahmeddawood@gmail.com
ü     ސްޓޯރީ ބަރޑް ގައިވާ ބޯރޑްގެ މައުލޫމާތު ތައް ފުރިހަމަ ކުރާށެވެ.
ü      ކުލާހަށް ދަރިވަރުން އެޑް ކުރަން ބޭނުން ނަމަ ތިރީގައި މިވާ ބޯޑް ގައިވާ މައުލޫމާތުތައް ފުރިހަމަ ކޮށްލާށެވެ.
ü      އެއަށްފަހު ޕާސްވޯރޑް ލިޔާށެވެ.
ü      އެކައުންޓެއް ހުޅުވަން ބޭނުން ނުވާނަމަ ނުހުޅުވަ ވެސް މަސައްކަތް ކުރެވޭނެއެވެއެހެން ކަމަށް ވާނަމަ
ü      www.storybird.com   މި ލިންކަށް ކުލިކް ކޮށްލާށެވެ
ü      އެއަށްފަހު create  މި ބަޓަން އަށް ފިއްތާލާށެވެ.
ü      ދެން އާރޓް ވޯރކް ނުވަތަ ތީމެއް ނަގާށެވެ
ü      އެއަށްފަހުstart a story bird   ފިއްޔާލާށެވެ.( ނުވަތަ ކުލިކް ކޮށްލާށެ)
ü      ސުޓޯރީ ބާރޑް ހުޅުވުމުން އާ ސުޓޯރީ ބާރޑް ގެ ސަފްހާ ތިރިން ފެންނާނެއެވެ.
ü      ބޭނުން ތަސްވީރެއް ގެނެސް ސަފްހާގެ މެދަށް ޑުރެގް ކޮށްލާށެވެއަދި އަރިމަތިން ފެންނަ ބޮކްސްގައި ސުޓޯރީ ލިޔަން ފަށާށެވެ.
ü      ސަފްހާ އިތުރު ކޮށް އުނި ކުރުމަށް ސަފްހާގެ ދަށުގައިވާ އަދި – މި ސައިން އަށް ފިއްޔާލާށެވެ.
ü      އެސައިންޓްމެންޓް ހަވާލުކުރާނަމަ ދަރިވަރުންނަށް މި ޕާސްކޯޑު ފޮނުވާށެވެ07HXNG
ü   މުދައްރިސުންނަށް މެއިލް ލިންކު ފޮނުވައިގެން ވެސް ނުވަތަ ޕާސްކޯޑް ފޮނުވައިގެން ވެސް ކުލާހަށް ދަރިވަރުންނަށް ވަނުމަށް އެދެވިދާނެއެވެ.

ދަރިވަރުންގެ ގައިޑް

ü      ގޫގުލް ކުރޮމް ހުޅުވާށެވެ
ü      ޖީމެއިލް ހުޅުވާށެވެ.
ü      މުދައްރިސް ފޮނުވާފައިވާ ޕާސްކޯޑް 02KTROP   ޖެހުމަށްފަހު ކުލާހަށް ވަންނާށެވެ.
ü      އެއަށްފަހު ކުލާހަށް ގުޅެވުނީއެވެ.
ü      މަތީ އަރިމަތިން ދަރިވަރުންނަށް މުދައްރިސް ހަވާލު ކޮށްފައި ވާ މަސައްކަތް ފެންނާނެއެވެއެގޮތުން ޕޮޔަމް، އެސައިންޓްމެންޓް، ސުޓޯރީ ރައިޓިން، މި މަސައްކަތްތައް ފެންނާނެއެވެ.




No comments:

Post a Comment

Post Top Ad

Your Ad Spot