އެންމެ ފަހުގެ

Post Top Ad

Your Ad Spot

05 July 2020

ގޫގުލް ޑޮކްސް

ގޫގުލް ޑޮކްސްއަކީ ކިޔުމާއި ދޭހަކުރުމުގެ މަސައްކަތްތަކަށް އަމާޒުކޮށްގެން އޮންލައިންކޮށް ބޭނުންކުރާ ޓޫލްސްތަކުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ވޯރޑް ޕްރޮސެސްއެކެވެ.
މިޓޫލްގައި ލިޔުންތައް އުފެއްދުމާއި އެޑިޓްކުރުމާއި ފޯމެޓިންގއާއި ކޮޕީކުރުމާއި ޕްރިންޓްކުރުމާއި ޝެއަރކުރުން އަދި އަޕްޑޭޓްކުރުން ފަދަ މަސައްކަތްތައް އޮންލައިންކޮށް ކުރެވެއެވެ. މީގެ އިތުރުން ފޮންޓް ބަދަލުކުރުމާއި ޓެކްސްޓް ބަދަލުކުރުމާއި ޓެކްސްޓް ލިސްޓްކުރުމާއި ޓޭބަލް ހެދުމުގެ އިތުރުން ތަފާތު އިމޭޖުތައް ވެސް ބޭނުންކުރެވެއެވެ. އަދި ހަމައެހެންމެ ދަރިވަރުން ތަފާތު ލިޔުންތައް އުފައްދާ ބްލޮގްސް ފަދަ މަސައްކަތްތައް ޕަބްލިޝްކުރުމަށް ވެސް އެހީތެރިވެދެއެވެ.
މީގެ އިތުރުން މި ޓޫލަކީ ދަރިވަރުން ލައްވާ މަސައްކަތްކުރާއިރު ކަރުދާހުގެ މަސައްކަތްތައް މަދުކޮށް، ކުލާހުގައާއި ގޭގައި ތިބިގެން ޝައުޤުވެރިކަމާއެކު މަސައްކަތްކުރެވޭ ގޮތަށް ފަރުކޮށްފައިވާ ޓޫލެކެވެ.



ގޫގުލް ޑޮކްސް ބޭނުންކުރުން (ޔޫޒަރމެނުއަލް): 

ޓީޗަރުން
ދަރިވަރުން

ޓީޗަރުންވެސް ދަރިވަރުންނެކޭ އެއްފަދައިން ގޫގުލް އެކައުންޓަކުން ލޮގިންވާށެވެ. އޭގެ ފަހުގައި ދަރިވަރުންނަށް ދޭންބޭނުންވާ މަސައްކަތް ބްލޭންކް ޑޮކްސްއެއްގައި ހެދުމަށްފަހު ޝެއަރ ކޮށްލާށެވެ.
ގޫގުލް ޑޮކްސްގައި މަސައްކަތެއް ކުރުމަށް ގޫގުލް މެއިލްއެއް ބޭނުންކޮށްގެން ލޮގިންވެލުމަށްފަހު docs.google.com އަށް ވަންނާށެވެ.
ވަންނާނެ ގޮތް ( ލޮގިންވުން )
·         ބައެއް ފަހަރަށް ދަރިވަރުންކުރާ ހުރިހާ މަސައްކަތްތަކެއް މުދައްރިސްގެ ގޫގުލް އެޕްގައި ބެހެއްޓުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.
·         މުދައްރިސް ގޫގުލް ފޯމެއް ކުރިއޭޓްކޮށް އެފޯމަށް ދަރިވަރުން މަސައްކަތް ކުރާ ޑޮކިއުމަންޓްގެ ލިންކް ކޮޕީކުރެވިދާނެއެވެ. މ
·         ދަރިވަރުންގެ މަސައްކަތްތައް ބަލައިލެވޭނެއެވެ.
·         ދަރިވަރުން ކުރާ މަސައްތްތައް ބަލައި ވަގުތުން ފީޑްބެކްދިނުން ވަރަށް މުހިއްމުވާނެއެވެ. އޭރުން ދަރިވަރުން ވަރަށް ގަޔާވާނެއެވެ.
·         ގޫގުލް ޑޮކްސް އަކީ ފްރީކޮށް ބޭނުންކޮށްލެވޭ ޓޫލެކެވެ.
·         ކޮމްޕިއުޓަރުގައި ރީތިކޮށް ދެއްކުމަށް ބޭނުންވަނީ ވަރަށްމަދު ރިކްއަރމެންޓެކެވެ.
·         ގޫގުލް އެކައުންޓަކުން ލޮގިންވެއްޖެނަމަ ގޫގުލްގެ ވަރަށް ގިނަ އެޕްތައް ބޭނުންކުރެވޭނެއެވެ. އޭގެ ތެރޭގައި ގޫގުލް ޑޮކްސް ވެސް ބޭނުންކުރެވޭނެއެވެ. އިތުރު އެކައުންޓެއް ހަދައިގެން އަލުން ލޮގިން ވާކަށް ނުޖެހޭނެއެވެ.
·         ކިތަންމެ ޒަމާނެއް ވަންދެންވެސް ގޫގުލްގައި ޑޮކްސްގައި ކުރެވިފައިވާ މަސައްކަތްތައް ރައްކާކުރެވިފައި ހުންނާނެއެވެ.
ފީޗަރސްތައް
·         ދަރިވަރުންނަށްވެސް ޓީޗަރުންނަށްވެސް ގޫގުލް ޑޮކްސްގެ ލިމިޓޭޝަން ހަމަ އެއްގޮތްވާނެއެވެ.
·         އޮންލައިންކޮށް މަސައްކަތް ކުރެވުނަސް ނެޓްވޯކް ސްލޯވާ ކަމަށްވާނަމަ ވަރަށް އުނދަގޫވާނެއެވެ. ބައެއް ފަހަރަށް ފައިލް ލޯޑް ނުވެގެން އުޅެންޖެހެއެވެ.
·         އޮފްލައިންގައި ކުރާހާ ފަސޭހައެއް ނޫނެވެ.  
·         ގޫގުލް ޑޮކްސް ރީތިކޮށް ބޭނުންކުރެވޭނީ ބްރައުޒަރ އަކީ އިންޓަރނެޓް އެކްޕްލޯރާގެ ވާޝަން 6 ށް ވުރެ މަތިނަމައެވެ.
·         ފްރީކޮށް ޑޮކްސް ބޭނުންކުރެވުނަސް ކޮންމެ އެކައުންޓަކުން ގިނަވެގެން ހެދޭނީ 500 ކިލޯބައިޓްގެ 5000 ޑޮކިޔުމެންޓެވެ.
·         ދިވެހި ފޮންޓް ހުންނާނީ ބޮލިފޮންޓުންނެވެ.
ލިމިޓޭޝަން
·         ދަރިވަރުންނެކޭ އެއްފަދައިން އަދި އެއަށްވުރެވެސް ބޮޑަށް ދަރިވަރުންނަށް ނަމޫނާއަކަށް ވާ ގޮތަށް ގޫގުލްގެ ސެކިއުރިޓީ ފީޗަރސްތަކަށް ސަމާލުވާންޖެހޭނެއެވެ. ފަހަރެއެއްގައި މިސްޓޭކަކުން ގޫގުލް ޑޮކްސްއެއް ޑިލީޓްކޮށްލެވުނަސް ވަރަށް ގިނަ މައުލޫމާތު ގެއްލިގެން ހިނގައިދާނެއެވެ.
·         ޕާރސަނަލް މައުލޫމާތު ގޫގުލް ޑޮކްސްގައި ރައްކާކޮށްފައި ބަހައްޓާނަމަ ގާތްގަޑަކަށް މަހަކު އެއްފަހު ގޫގުލް އެކައުންޓްގެ ޕާސްވޯޑް ބަދަލުކުރަންވާނެއެވެ.
ސަމާލުކަންދޭންޖެހޭ ކަންތައް

No comments:

Post a Comment

Post Top Ad

Your Ad Spot