އެންމެ ފަހުގެ

Post Top Ad

Your Ad Spot

06 July 2020

ކަހޫޓް

ޓޫލުގެ ތަޢާރަފް

ކަހޫޓަކީ އިންޓަރނެޓްގެ ބޭނުން ކޮށްގެން ދަރިވަރުންނަށް އިންޓަރެކްޓިވް ކޮށް ފިލާވަޅުގެން ދިއުމަށް ބޭނުން ކުރެވިދާނެ ޓޫލެކެވެ.  
ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ދަރިވަރުންށް ސުވާލު މުބާރާތާއި، ދަރިވަރުން ފިލާވަޅު ނިންމާލުމުން އެނގުނު މިންވަރު ދެނެގަތުމަށް ވެސް ކަހޫޓް ބޭނުން ކުރެވިދާނެއެވެ. މި ޓޫލްގައި ފާހަގަ ކޮށްލެވޭ އަނެއްކަމަކީ ދަރިވަރުންނަށް ގޭމްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކޮށްލުމަށް ސުވާލުތައް ދެވެއެވެ. 
ކަހޫޓް ގެ ބޭނުންކޮށްގެން ކުލާހުގެ 30 ދަރިވަރުންނަށް ވެސް އައިޕެޑް ނުވަތަ ލެޕްޓޮޕް ބޭނުންކޮށްގެން ފިލާވަޅު ކުރިއަށް ގެންދެވެއެވެ. މިއީ ދަރިވަރުން ވަރަށް ޝައުޤުވެރިވި ޓޫލެކެވެ.


ކަހޫޓް ބޭނުންކުރާނެ ގޮތުގެ ޔޫޒަރ ގައިޑް:

ކަހޫޓަކީ ސުވާލު މުބާރާތްތަކަށް އަދި ޑިޝްކަޝަންތަކަށް އަދި ސާވޭ ތަކަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޓޫލެކެވެ. އުނގަންނައި ދިނުމުގައި އެންމެ ގިނައިން ބޭނުން ކުރަނީ ސުވާލު މުބާރާތަށެވެ. މި ޓޫލްގައި ސުވާލު ލިޔުމުގެ އިތުރުން ސުޕުރެޑްޝީޓަކުންވެސް މި ޓޫލަށް ޓެކްސްޓް އަޕްލޯޑް ކުރެވޭނެއެވެ. އަދި ސުވާލާއި ގުޅޭ ތަސްވީރާއި ވީޑިއޯ ވެސް އަޕްލޯރޑް ކުރެވޭނެއެވެ. އަދި ދަރިވަރުންނަށް ޖަވާބު ދިނުމަށް ވަކި ވަގުތެއް ކަނޑައަޅަން ބޭނުންނަމަ ވަގުތު ކަނޑައަޅާފައިވެސް  ކޮންމެ ސުވަލެއް ފަރުމާކުރެވެއެވެ.
ކަހޫޓް ބޭނުން ކުރުމަށް ގޫގުލް އެކައުންޓެއް ހުޅުވަން ޖެހެއެވެ. އަދި ތައްޔާރު ކުރަން ބޭނުންވަނީ ކޮންކަހަލަ ސުވާލުތަކެއްކަން ކަނޑައަޅާ މަސައްކަތް ކުރިއަށް ގެންދަންވީއެވެ. ކުއިޒް ތައްޔާރުކޮށް ޕަބްލިޝްކުރުމުން ނުވަތަ ދަރިވަރުންނާއި ޝެއަރ ކުރުމުން ގޭމެއްގެ ގޮތުގައި ކުޅެވޭނެއެވެ.
މި ސުވާލު މުބާރާތުގައި ބައިވެރިވާ ދަރިވަރުން އެކައުންޓެއް ސައިންއަޕް ނުވި ނަމަވެސް މަސައްކަތް ކުރެވޭނެއެވެ. އެގޮތުން ކަހޫޓް އެޕް،ބޭނުންކުރުމަށް ދަރިވަރުނަށް މޮބައިލް ފޯނުން، ޓެބްލެޓް، ލެޕްޓޮޕް ބޭނުން ކުރެވޭނެއެވެ. މުދައްރިސް ކުއިޒްގައި ޖެހުމަށް ދޭ ޕިންކޯޑް ޖެހުމުން ކުއިޒަށް ވަދެވޭނެއެވެ. އަދި ދަރިވަރުގެ ނަންޖަހަންޖެހޭނެއެވެ. އެގޮތުން ދަރިވަރުގެ ކުރުނަމެއް އިޙްތިޔާރު ކުރެވިދާނެއެވެ. 
މުދައްރިސްފިލާވަޅުގެ ސަމްއަޕް ހެދުމަށް މި ޓޫލް ވަރަށް ރަނގަޅެވެ. އެގޮތުން  ސްވާލު ސުކުރީންނުން ދެއްކުމުން ދަރިވަރުން  އޮޕްޝަނަލް ޖަވާބުތަކުގައި ފާހަގަޖަހަން ދެވިދާނެއެވެ. އަދި ދަރިވަރުންނަށް ސުވާު ދޭއިރު މިއުޒިކެއް ލުމުގެ ފުރުސަތުވެސް ލިބިދެއެވެ. ދަރިވަރުން ޝައުގުވެރިވާނެ ޝޭޕްތަކަށް ވެސް ކުއިޒް ފަރުމާ ކުރެވިދާނެއެވެ.
މި ޓޫލްގެ ބޭނުން ކުރުމުގައި ދަރިވަރުން ވަގުތަށް މަސައްކަތް ނިންމުމުގެ ޤަބިލްކަން އަދި ދަރިވަރުންނަށް ފިލާވަޅު ފަހުމްވި މިންވަރުވެސް މުދައްރިސުންނަށް  ދެނެގަނެވިދާނެއެވެ. އަދި ދަރިވަރުންނަށް މަސައްކަތް ދިނުމުގެ ކުރިން ދަރިވަރުންގެ ޑިވައިސްތަކަށް ކަހޫޓް ޑައުންލޯޑް ކުރެވިފައިވާކަން ޔަޤީން ކުރުން މުހިންމެވެ.

މުދައްރިސްއަށް ދޭ އިރުޝާދު
1.       އެންމެ ފުރަތަމަ www.kahoot.com ހުޅުވާށެވެ.
2.        އެއަށްފަހު " get my free account" ކުލިކް ކޮށްލާށެވެ
3.        ފުރަން ޖެހޭ ބައިތައް ފުރާލުމަށް ފަހު  " Teacher" އެއްގޮތަށް ޖޮއިންވާށެވެ. 
4.    ހަދަން ބޭނުން ވަނީ " Quiz"،survey"،Discussion" ބޭނުންވާ އެއްޗެއް ނަގާށެވެ




5.         ސުވާލު ނެގުމަށްފަހު  ބޭނުންވާ ސުވާލެއް ލިޔާށެ.
6.        ސުވާލުގެ ތިރިއަށް ތަސްވީރުލާ ބޭނުންވާނަމަ  ސުވާލު ތިރިން ފެންނަ "choose file" ކުލިކަކޮށް ތަސްވީރު އަޕްލޯޑް ކުރާށެ.
7.         ސުވާލުގެ ރަނގަޅު ޖަވާބު ފާހަގަކުރާށެ
8.        ސުވާލަށް ޖަވާބު ދޭންބޭނުންވާ ވަގުތު ސެލެކްޓް ކުރާށެ
9.        އެއަށްފަހު   “add question “ނަގާ ފަހަރަކު ސުވާލެއް  ހަދަމުން ގޮސް ސުވާލުތަށް ލިޔެ ނިމުމުން ސޭވް ކޮށްލާށެވެ
10.    އަދި އެއަށްފަހު "save in continue " ފިތާލާށެވެ.އެއިރުން ސުވާލު ތައް އެތުރިފަ ހުރިގޮތް ވެސް ފެންނާނެ.
11.    ދެން language”"،”, privacy setting” “ privacy audience”ބޭނުންވާކަންކަން ނަގާށެވެ.
12.    ސުވާލު މުބާރާތް ސޭވް ކުރުމަށް ފަހު ދަރިވަރުންނަށް ލިންކް ޝެއަރ ކޮށްލާށެވެ.
13.     ސުވާލު މުބާރާތުގެ ޕިންކޯރޑް ދަރިވަރުންނަށް XY2TL ދޭށެވެ.
14.   ދަރިވަރުން ކުއިޒް ވަނުން
15.    ދަރިވަރުން ކުއިޒަށް ވަނަން ފެށުމުން ދަރިވަރުންގެ ނަންތައް މުދައްރިސްގެ ސުކުރީނުން ފެންނާނެ
16.   އަދި ރަގަޅު ޖަވާބު ދޭ އަދުވެސް ފެންނާނެ
17.    އެންމެ ފަހުން ކުއިޒްގެ ރިކޯރޑް ޗާރޓެއް ގޮތަށް ފެންނާނެ. މުދައްރިސް ބޭނުން ނަމަ ދަރިވަރުންގެ ފެންވަރު ރިކޯރޑްތައް ސޭވް ކުރެވޭނެއެވެ.
ދަރިވަރުންގެ އިރުޝާދު

19.   އެންމެ ފުރަތަމަ www.kahoot.com      އަށް ވަންނަށެވެ. ނުވަތަ މުދައްރިސް ޝެއަރ ކުރި ޔޫއާރު އެލް އަށް ކުލިކް ކޮށްލާށެވެ
22.   އަދި މުދައްރިސް ދެއް ވި XY2TL ޕިން ޖަހާށެ
23.   ފަހަރަކު ސުވާލެއް ހަދަމުން ދާށެ
24.    ސުވާލެއްގެ ޖަވާބު ނޭނގިއްޖެނަމަ ދުކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ
25.    ސުވާލުގެ ޖަވާބު ރަނގަޅު ނަމަ ވަގުތުން "correct" ،" wrong" އަރާނެއެވެ.

26.   އެ ދަރިވަރަކަށް ޖަވާބު ރަނގަޅު ކުރެވުނު ސުވާލުތައް އެނގޭނެ

 ބައެއް ލިމިޓޭޝަން
1. ދަރިވަރުންގެ ޑިވައިސްތަކަށް މި އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް ފުދޭވަރަކަށް ވަގުތު ނެގިއެވެ.
2. ދަރިވަރުންނަށް އެހާ ޔޫޒަރ ފްރޭންޑްލީ ޓޫލަކަށް މީތި ނުވިއެވެ.
3. އެހެންކަމުން ވަރަށް ގިނަ ވަގުތު ނެގިއެވެ. އަދި ދަރިވަރުންަނަށް މީތި ދަސްވީމަވެސް ވަރަށް ގިނަ ސުވާލުތަކާއި، އޮޅުންފިލުވަން ބޭނުންވާ ކަންތައްތައް އައެވެ. 

ކަހޫޓް ބޭނުންކޮށްގެން ދަރިވަރުންނަށް މަސައްކަތެއް ދިނުމުގެ ކުރިން ތިރީގައިވާ ވީޑިއޯ ބައްލަވާލައްވާ







No comments:

Post a Comment

Post Top Ad

Your Ad Spot