އެންމެ ފަހުގެ

Post Top Ad

Your Ad Spot

06 July 2020

ގޫގުލް ފޯމް


ގޫގުލް ފޯރމް އަކީ އުނގެނުމުގައި ވަރަށް ބޮޑަށް ބޭނުން ކުރެވޭ ޓޫލެކެވެ. ކިޔަވައި ދިނުމަށްފަހު ދަރިވަރުންގެ ޚިޔާލު ހޯދުމަށާއި ، ސާވޭހަދާއިރު ޑާޓާ ކަލެކްޝަން އަށް ވެސް  ގޫގުލް ފޯރމް ބޭނުން ކުރެވެއެވެ)ބަލްބޭ،2018). މި ފޯރމް ފުރުމަށްޓަކައި ފޯނު ،އައިޕެޓް އަދި ލެޕްޓޮބްވެސް ބޭނުން ކުރެވޭނެއެވެ. އެއްފަހަރާ ގިނަ މައުލޫމާތު ތަކެއް ހޯދުމަށް ފޯރމގެ ލިންކް ޝެއަރ ކޮށްލުމުން ބައިވެރިން ފުރިހަމަ ކުރުމަށްފަހު ފޮނުވާލާއިރު އެ ފޯރމް ފުރި ފަރާތުގެ މެއިލް ނެގޭގޮތަށް ވެސް މި ޓޫލްސް ބޭނުން ކުރެވޭނެއެވެ.

ގޫގުލް ފޯރމް ބޭނުން ކުރާނެ ގޮތާއި އެންމެ ފައިދާ ކުރާނެ ގޮތްތައް
ގޫގުލް ފޯރމް އަކީ އުނގެނުމާއި އުންގަންނައި ދިނުމުގައި ވެސް ބޭނުން ކުރެވިދާނެ ޓޫލެކެވެ. ރިސާރޗް ހަދާއިރު ޑާޓާ ކަލެކްޝަން އަށްވެސް މި ޓޫލް ވަރަށް ފަސޭހަ ކަމާއެކު ބޭނުން ކުރެވިދާނެއެވެ. ހަމަ އެހެންމެ އުނގަންނައި ދިނުމަށްފަހު ދަރިވަރުންގެ ޚިޔާލު ހޯދުމަށް ވެސް މި ގޫގުލްފޯރމް ބޭނުންކުރެވެއެވެ. ކަރުދާހުގެ ޚަރަދު ކުޑަކުރެވިފައި ވަގުތު ސަލާމަތް ކުރެވޭނެއެވެ. އަދި ކޮންމެ ޤައުމެއް، ކޮންމެ ރަށެއްގައ ހުރި ނަމަވެސް އިންޓަނެޓް ލިބޭ ކަމުގައި ވަނީ ނަމަ މި ފޯރމްގައި މަސައްކަތް ކުރެވޭނެއެވެ.

-ތިރީގައިވާ ވީޑިއޯ އަކީ ގޫގުލް ފޯމެއް ހަދާނެ ގޮތުގެ ތަފްޞީލީ ވީޑީއޯ އެކެވެ. ދަރިވަރުންނަށްވެސް އަދި މުދައްރިސުންނަށްވެސް މުހިންމު ވީޑީއޯއަކަށް ވާނެކަމަށް އުންމީދުކުރަމެވެ.



ދަރިވަރުންގެ ގައިޑް

1.     އެންމެ ފުރަތަމަ ގޫގުލް އެކައުންޓެއް ހުޅުވާށެވެ.
2.     މެއިލްއަށް މުދައްރިސް ފޮނުވާފައިވާ  ލިންކު ހުޅުވާށެވެ.
3.     މި ލިންހުޅުވާށެވެ.
5.     ގޫގުލް ފޯރމް ހުޅުވުމަށް ފަހު ފޯރމް ފުރިހަމަ ކުރާށެވެ.

6.      އަދި ޓިޗަރ ސެންޑް ކޮށްލާށެވެ.





ގޫގުލް ފޯމާއި ބެހޭ އިތުރު މަޢުލޫމާތު:

ގޫގުލް ފޯރމް އަކީ ސާވޭ އެއް ނުވަތަ ދަރިވަރުނަށް ސުޥާލު ކަރުދާހެއް ދީ ވަކި މައުލޫމާތު ތަކެއް އެއްފަހަރާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހޯދުމަށްޓަކައި ބޭނުން ކުރުމަށް ވަރަށް ރަނގަޅު ޓޫލެކެވެ.
މި ފޯރމުގައި ކުރު ޖަވާބު ،ޕެރެގްރާފް ސުވާލު، މަލްޓިޕަލް ސެލެކްޝަން، ވެރިފިކޭޝަން ބޮކްސަސް،ޕުލްޑައުން، ލީނިއަރ ސްކޭލް،ގުރިޑް ގައި ބައިވަރު އިޚްތިޔާރީ ބައި ލެވެއެވެ. އަދި ލިބޭ މައުލޫމާތުތައް އެއްފަހަރާ ކަލެޓް ކުރެވެއެވެ.
ފޯރމް ދަރިވަރުންނަށް ފޮނުވާއިރު އެ މަސައްކަތް ނިންމާފަ ފޮނުވާ ދަރިވަރުންގެ މެއިލް އެޑް ލިބޭނެއެވެ.

ލިމިޓޭޝަން:  
·         މި ޓޫލްސް ބޭނުން ކުރެވެނީ ހަމައެކަނި އިންޓަރނެޓް ލިބޭނަމައެވެ.
·         ގޫގުލް ފޯރމްގައި މާގިނަ ޑިޒައިންތަކެއް ނުހުރެއެވެ.

·         ޑިޒައިން ފަސޭހަކަމާއި އެކު ބަދަލު ކޮށްލެވެން ވެސް ނުހުރެއެވެ.



No comments:

Post a Comment

Post Top Ad

Your Ad Spot