އެންމެ ފަހުގެ

Post Top Ad

Your Ad Spot

07 July 2020

ތަޢާރަފް

މާތްﷲ ދުނިޔެއަށް ފޮނުއްވި މަޚުލޫޤުންގެ ތެރެއިން އިންސާނުންނާއި، އެހެނިހެން މަޚުލޫޤުންނާއި، ތަފާތުވަނީ އިންސާނުންނަށް ދެއްވާފައިވާ ބުއްދީގެ ނިޢުމަތުގެ ސަބަބުންނެވެ. އެ ބުއްދީގެ ބޭނުންހިފައިގެން އިންސާނުން ގެންދަނީ ދުނިޔެ ޢިމާރާތްކުރަމުންނެވެ. ތަފާތު ހޯދުންތައް ހޯދައި ދިރާސާތައް ހަދައި އާއުފެއްދުންތައް އުފައްދަމުންނެވެ. ދުނިޔެ ބަވަނަވަމުން މިދާ ހަލުވި ބާރު މިނުގައި  އިންސާނުން އެއެއްޗަކަށް އެންމެ ބޮޑަށް ބަރޯސާވާއެކައްޗަކީ ޓެކްނޮލޮޖީއެވެ. ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ދުނިޔެއަށް އާއިޖާތުތައް ތައާރަފް ވަމުން ދަނީވެސް ވަރަށް ހަލުވިމިނުގައެވެ.

އުނގެނުމާއި އުނގަންނައި ދިނުމުގެ ދާއިރާގައި މަސައްކަތް ކުރާ މުދައްރިސުން އެއެއްޗަކަށް އެންމެ ބޮޑަށް އަހުލުވެރިވާން ޖެހޭ އެއް ވަސީލަތަކަށް ޓެކްނޮލޮޖީ ނުވަތަ އައިސީޓީ މިވަނީ ވެފައެވެ. ސަބަބަކީ މިއިން ކޮންމެ އުފެއްދުމަކީވެސް ތައުލީމީ ދާއިރާއަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެނުވާކަމަކަށް ވާތީއެވެ.

މި އެސައިންޓްމެންޓަކީ މާސްޓަރ އޮފް އެޑިއުކޭޝަން ( ދިވެހި ލެންގުއޭޖް ޓީޗިންގ) މި ކޯހުގައި ކިޔަވަމުން ދާ އެއް މާއްދާ ކަމުގައިވާ އިންފޮމޭޝަން ޓެކްނޮލޮޖީން އިން އެޑިއުކޭޝަންގެ ދަށުން ހަދާ އެސައިންމެންޓެކެވެ. މި މަސައްކަތުގައި  މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވާނީ އައި.ސީ.ޓީ މާއްދާގެ ކީއޭރިޔާތަކަށް ކޮންމެ ކީއޭރިޔާއަކަށް ޚުލާޞާއެއް ލިޔުމާއި، ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ އައިސީޓީ 4 ޓޫލެއްގެ ތަޢާރަފާއި، ބޭނުންކުރާނެ ގޮތްތައް ގެނެސްދިނުމެވެ.

މިމަސައްކަތް ކޮށްފައިމިވަނީ  މިމާއްދާކިޔަވައިދިނުމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ އެކިއެކި ބައިތައް ހމަނައިގެންނެވެ. މި މަސައްކަތުގައި ހިމަނާފައި ވާނީ   ދަސްކުރި ޓޫލުތަކުގެ ތަޢާރަފާއި، ޓޫލް ބޭނުން ކުރާނެ ގޮތާއި އެންމެ ފައިދާކުރާނެގޮތާއި، ޓޫލްއާއި ގުޅޭ ގޮތުން ނުވަތަ ބޭނުންކުރާނެގޮތާއި ބެހޭ ގޮތުގެ މައުލޫމާތު ތަފާތު ވެބްސައިޓްތަކާއި ޔޫޓިއުބް ލިންކުތައް، އެޓޫލްސް މުދައްރިސުން ބޭނުންކުރާނެ ގޮތާއި، ދަރިވަރުން ބޭނުން ކުރާނެ ގޮތާއި، އެމަސައްކަތް ދަސްކުރުމުގައި ދިމާވި ގޮންޖެހުންތަކާއި އަދި ރިފްލެކްޝަނެކެވެ.

މި  މަސައްކަތްތައް ދަސްކުރުމުގައި އަމަލުކޮށްފައިވާނީ މި މާއްދާގެ ލެކްޗަރާ ފާތުމަތު ޝާފިޔާ މިސްގެ އިރުޝާދާއެކު އަދި އަމިއްލަޔަށް އުނގެނި ދަސްކުރި ތަކެތީގެ ތެރެއިންނެވެ.
މި މަސައްކަތުގެ ތެރެއިން އައި .ސީ.ޓީ އަށް އަހުލުވެރިވެ، އުނގަންނައި ދިނުމުގެ މާހައުލުގައި މި ޓޫލްސްތައް ބޭނުންކުރަށް ދަސްވެ، އަމިއްލަ ކުރިއެރުމަށް ލިބުނު ރަނުގެ ފުރުޞަތު ޤަބޫލް ކުރެވެއެވެ. އެހެންކަމުން މިކަމަށްޓަކައި ލެކްޗަރާ ދެއްވި އިރުޝާދާއި ހިތްވަރަށް ޓަކައި ޝާފިޔާ މިސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި މި މަސައްކަތް މިހާ ފުރިހަމައަށް ނިންމާލުމުގެ ހެޔޮ ވިސްނުން މިންވަރު ކޮށްދެއްވީތީ ﷲ ސުބުހާނަހޫ ވަތައާލާއަށް ޝުކުރުވެރިވަމެވެ.



No comments:

Post a Comment

Post Top Ad

Your Ad Spot