އެންމެ ފަހުގެ

Post Top Ad

Your Ad Spot

19 June 2020

އައިސީޓީ ޓޫލްސް

1. ގޫގުލް ކުލާސްރޫމް  

ގޫގުލް ކްލާސް ރޫމަކީ ޢާއްމު ކްލާސްރޫމެއްގައި މަސައްކަތްކުރާ ގޮތަށް ދަރިވަރުންނަށް ކިޔެވުމުގެ މާހައުލެއް އުފައްދައިދޭ އައިސީޓީ ޓޫލެކެވެ. މި ޓޫލް ބޭނުންކުރެވޭނީ އޮންލައިންވުމަށްފަހު އަމިއްލަ މެއިލް އެކައުންޓެއް ބޭނުންކޮށްގެންނެވެ.

މިގޮތުން ފުރަތަމަ ކްލާސް ރޫމަށް ވަނުމުގެ ކުރިން އަމިއްލަ ޖީ- މެއިލް އެކައުންޓެއް އޮންނަންޖެހޭނެއެވެ. އަދި ދަރިވަރާއި މުދައްރިސް ބޭނުންކުރާ މެއިލް ވާންޖެހޭނީ އެއްބާތެއްގެ މެއިލްއަކަށެވެ. މިސާލަކަށް mymailid@gmail.com ފަދަ "ޑޮމެން ނޭމް" އެއްގޮތްވާންޖެހޭނެއެވެ.

މީގެ އިތުރުން ގޫގުލް ކުލާސްރޫމަކީ "ފްރީކޮށް" ބޭނުންކުރެވޭ ގޫގުލް ޕްރޮޑަކްޓެކެވެ. ޢާއްމު ގޮތެއްގައި ގޫލް ކްލާސްރޫމްގައި އޮންނާނީ ދަރިވަރުންނަށް މަސައްކަތް ހަވާލުކުރުމާއި މާއްދާގެ ނޯޓްސްދިނުމާއި މެސެޖްކުރުމާއި ޝެއަރކުރުމެވެ.

މީގެ އިތުރުން ދަރިވަރުން މަސައްކަތްތައް ފުރިހަމަކުރުމަށްފަހު އަޕްލޯޑްކުރުމަށްފަހު ޚިޔާލުދިނުމާއި ވަޒަންކުރުންފަދަ އުނގެނުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެވެއެވެ. .

ގޫގުލް ކްލާސްރޫމަކީ ބޭނުންކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރެވޭ ގޮތަށް އުފައްދާފައިވާ ޓޫލެކެވެ.

އެހާގިނަ ފަސޭހަތަކެއް ހުއްޓަސް ގޫގުލް ކްލާސްރޫމްގައި ދަރިވަރާއި، މުދައްރިސާއި އެއްކޮށް ކޮންފަރެންސް ހެދޭނެ ގޮތެއް ނެތެވެ. އޯޑިއޯ ކޮންފަރެންސާއި، ވަރޗުއަލް ( ވީޑިއޯ ) ކޮންފަރެންސް ހެދޭނަމަ ދަރިވަރުންނަށް އަދި މާފަސޭހަވާނެއެވެ.


2. ގޫގުލް ޑޮކްސް

ގޫގުލް ޑޮކްސްއަކީ ކިޔުމާއި ދޭހަކުރުމުގެ މަސައްކަތްތަކަށް އަމާޒުކޮށްގެން އޮންލައިންކޮށް ބޭނުންކުރާ ޓޫލްސްތަކުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ވޯރޑް ޕްރޮސެސްއެކެވެ.

މިޓޫލްގައި ލިޔުންތައް އުފެއްދުމާއި އެޑިޓްކުރުމާއި ފޯމެޓިންގއާއި ކޮޕީކުރުމާއި ޕްރިންޓްކުރުމާއި ޝެއަރކުރުން އަދި އަޕްޑޭޓްކުރުން ފަދަ މަސައްކަތްތައް އޮންލައިންކޮށް ކުރެވެއެވެ. މީގެ އިތުރުން ފޮންޓް ބަދަލުކުރުމާއި ޓެކްސްޓް ބަދަލުކުރުމާއި ޓެކްސްޓް ލިސްޓްކުރުމާއި ޓޭބަލް ހެދުމުގެ އިތުރުން ތަފާތު އިމޭޖުތައް ވެސް ބޭނުންކުރެވެއެވެ. އަދި ހަމައެހެންމެ ދަރިވަރުން ތަފާތު ލިޔުންތައް އުފައްދާ ބްލޮގްސް ފަދަ މަސައްކަތްތައް ޕަބްލިޝްކުރުމަށް ވެސް އެހީތެރިވެދެއެވެ.

މީގެ އިތުރުން މި ޓޫލަކީ ދަރިވަރުން ލައްވާ މަސައްކަތްކުރާއިރު ކަރުދާހުގެ މަސައްކަތްތައް މަދުކޮށް، ކުލާހުގައާއި ގޭގައި ތިބިގެން ޝައުޤުވެރިކަމާއެކު މަސައްކަތްކުރެވޭ ގޮތަށް ފަރުކޮށްފައިވާ ޓޫލެކެވެ.

 3. ގޫގުލް މެޕްސް

 

ގޫގުލް މެޕްސްއަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ ޑައިރެކްޝަންތައް "އެކްސްޕްލޯ" ކޮށް އެކިއެކި ސަރަހައްދު ތަކާއި، ޤައުމުތަކާއި ރައްތަކާއި ތަންތަން ފާހަގަކޮށް މުހިންމު ބޭނުންތައް ފުއްދޭގޮތަށް ފަރުމާކޮށްފައިވާ ވަރަށް ފުރިހަމަ އުފެއްދުމެކެވެ.

މިގޮތުން ފަތުވެރިންނަށް މަގުދައްކައިދިނުމާއި ދުނިޔޭގެ އެކި ހިސާބުތަކުގައިވާ ތާރީޚީ ތަންތަނުގެ މަޢުލޫމާތު ހޯދާ އެތަންތަން ހުންނަ ސަރަހައްދުތައް ވެސް ހޯދާލެވެއެވެ.

މި ޓޫލްގެ އެހީގައި ހިސްޓްރީއަށް ޝައުޤުވެރިވާ ދަރިވަރުންނާއި ފަތުވެރިކަމާ ގުޅޭ މަސައްކަތްތަކަށް ޝައުވެރިވާ ދަރިވަރުންނަށް ތަފާތު މަޢުލޫމާތުތައް ހޯދެއެވެ. މި ޓޫލްގެ އެހީގައި މުދައްރިސުންގެ ފަރާތުން ޙަޤީދިރިއުޅުމުގައި ދަރިވަރުންނަށް، ކަންކަންކުރަންވީ ގޮތުގެ ވައްޓަފާޅިތައް ދަސްކޮށްދެވެއެވެ.

މީގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ބޭނުންވާ ހުރިހާ މަޢުލޫމާތުތަކެއް ދުރާލާ ލިބި ފަސޭހަ ގޮތްތައް ހޯދެއެވެ. މި ޓޫލަކީ ވެސް އޮންލައިންކޮށް ބޭނުންކުރެވޭ ޓޫލެކެވެ.


4. ގޫގުލް ޑްރައިވް

 


ގޫލްގުލް ޑްރައިވަކީ އޮންލައިންކޮށް ބޭނުންކުރެވޭ އައިސީޓީ ޓޫލެކެވެ. މި ޓޫލް ބޭނުންކޮށްގެން ދަރިވަރުންނަށް އޮންލައިންކޮށް ކުރާ މަސައްކަތްތައް ސޭވްކޮށް ރައްކާ ކުރެވެއެވެ. ގޫގުލް ޑްރައިވުގެ މައިގަނޑު ބޭނުމަކީ އޮންލައިކޮށް ކުރާ މަސައްކަތްތައް ސޭވްކޮށް، ސްޓޯކުރުމެވެ.

ގޫގުލް ޑްރައިވްގައި ޑޮކިއުމަންޓްތައް ސޭވްކުރެވޭނީ ގޫގުލް އެކައުންޓެއް ހުޅުވުމަށްފަހުގައެވެ. މިގޮތުން ކުލާހުގައި ކުރާ މަސައްކަތްތައް ގޫގުލް ޑްރައިވުގައި ސޭވްކުރުމަށްފަހު މުދައްރިސް ބޭނުންވާ މިންވަރަށް ދަރިވަރުންނަށް މަސައްކަތްތައް އެޑިޓްކޮށް ޝެއަރކުރުމުގެ ފުރުޞަތުދެވިދާނެއެވެ.

ގޫގުލް ޑޮކިއުމަންޓްގައި ރައްކާކޮށްފައި ހުންނަ ފައިލްތަކަކީ ސެކިއުރިޓީދެވޭ ފައިލްތަކެކެވެ. މިގޮތުން ޑޮކިއުމަންޓްތައް އެޑިޓްކޮށް ފިލްކުރެވޭނީ އޮތޯރިތީ ދިން މިންވަރަކަށެވެ. މިގޮތުން އެކައުންޓުގެ ވެރިފަރާތުން ޑްރައިވްގައި ސްޓޯކުރާ ފައިލްތައް ބޭނުންވަރަކަށް ކޮންޓްރޯލްކޮށް، ޝެއަރކޮށް ހެދިދާނެއެވެ. މި ޓޫލް ބޭނުންކޮށްގެން ދަރިވަރުން ކުލާހުގައި ކުރާ މަސައްކަތްތައް ފުރިހަމަކޮށް، ޝެއަރކުރެވިދާނެއެވެ.

އަދި މުދައްރިސް މަސައްކަތްތައް ބެލުމަށްފަހު އިތުރަށް ރަނގަޅުކުރަން ފުރުޞަތުދީ، ދަރިވަރުންގެ ވޯރކިންގ ރޭޓް މަތިކުރެވިދާނެއެވެ.

 

5. ގޫގުލް ޝީޓް

ގޫގުލްޝީޓަކީ އިންޓަރނެޓްގައި ޢާއްމުކޮށް ބޭނުންކުރާ ވެބް ޕޭޖެއްގެ ގޮތަށް ފްރީކޮށް ބޭނުންކުރާ އޮންލައިން ސްޕްރެޑްޝީޓް އެޕްލިކޭޝަނެކެވެ. ޑެސްކްޓޮޕްގައި ބޭނުންކުރާ އެކްސެލްޝީޓަށްވުރެ ފީޗާސް ގިނަވެފައި ބޭނުންކޮށްލަން ފަސޭހައެވެ. މި އެޕްލިކޭޝަންގައި ޑިޖިޓަލްކޮށް މަޢުލޫމާތު ރައްކާކުރުމާއި މެނޭޖްކުރުމާއި އޮޓޮމެޓިކުން ޕްރޮސެސްކުރެވެއެވެ. މީގެ އިތުރުން ކޮންމެ ހިސާބެއްގައި ތިބެގެން ވެސް އެއްފަހަރާ އަދި އެއްވަގުތެއްގައި ގިނަބަޔަކަށް ބޭނުންކުރެވެއެވެ.

މީގެ ބޭނުންކޮށްގެން ކޮލަބަރޭޓިވްކޮށް މަސައްކަތްކުރެވެއެވެ. އަދި ގޫގުލްޝީޓްގައި ގޫގުލްގެ އެހެން ސާރވިސްތަކާ އެކު އިންޓަރގްރޭޓްކޮށްގެން ވެސް ބޭނުންކުރެވެއެވެ. މި އެޕްލިކޭޝަނުގައި ވެސް އެކްސެލް ޝީޓްގައި މަސައްކަތްކުރާ ގޮތަށް އެޑިޓްކުރުމާއި ފޯމެޓްކުރުމާއި ރިމޫވްކުރުމާއި ތަފާތު ޑާޓާތައް އުފެއްދެއެވެ.

އަދި ހަމަ އެހެންމެ ކިލަރ ފީޗާސްގެ ތެރޭގައި ހިމެނޭ އެޑްކުރުމާއި ކޮމެންޓްކުރުމާއި ނޯޓްކުރުމާއި ޝެއަރކުރުމާއި އަދި ގުޅިގެން މަސައްކަތްކުރެވެއެވެ. މީގެ އިތުރުން އިންޓަރ މީޑިއަޓް އެޕްލިކޭޝަންތައް ވެސް ބޭނުންކުރެވެއެވެ. މިގެ ތެރޭގައި ފްރީޒްކުރުމާއި ފަސޭހައިން ވިއުކުރުމާއި ފިލްޓަރކުރުމާއެކު ބޭސިކް ކޮންވިޝަނަލް ފޯމެޓިންގ ހެދެއެވެ.

ގޫގުލްޝީޓުން ކުރެވޭ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަންޖެހޭ ހިސާބުގެ މަސައްކަތްތައް ކުރެވެއެވެ. މިގޮތުން ބަޖެޓް ހެދުމާއި މަސައްކަތްތައް ޕްލޭންކުރުމާއި ކްރިއޭޓްކުރުމާއި އިންވޮއިސް ހެދުންފަދަ އޮގަނައިޒޭޝަންތަކުގައި ކުރާ އިދާރީ މަސައްކަތްތައް ކުރެވެއެވެ.

 

6. ޔޫޓިއުބް


ޔޫޓިއުބަކީ ތަފާތު ވައްތަރުގެ ވިޑީއޯތައް ބެލޭގޮތަށް ފަރުމާކޮށްފައިވާ އޮންލައިން އެޕްލިކޭޝަނެކެވެ. ޔޫޓިއުބުގައި ޝެއަރކޮށްފައިވާ ވީޑިއޯތަކުން ދަރިވަރުން ކިޔާވާ މާއްދާތަކާ ގުޅޭ ތަފާތު ޓޮޕިކްތަކުގެ މަޢުލޫމާތު ލިބޭ ވީޑިއޯތައް ވަރަށް ގިނައެވެ.

ޔޫޓިއުބް މެދުވެރިކޮށް ދަރިވަރުންނަށް ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ކިޔަވާ މާއްދާތަކާ ގުޅޭ އެންމެ ޞައްޙަ ވީޑިއޯތައް ކޮންމެ ވަގުތެއްގައި ބަލައިލެވޭ ގޮތަށް ހުރުމެވެ. މީގެ އިތުރުން މާއްދާތަކުގެ ބެކްގްރައުންޑް މަޢުލޫމާތާއި ކިޔެވުމާ ގުޅޭ އިރުޝާދުތައް ވީޑިއޯ މެދުވެރިކޮށް ބެލެއެވެ.

ދަރިވަރުންނަށް ޓެކްސްޓް ބޭސްކޮށް މަޢުލޫމާތުތައް ހޯދާ ދަސްކުރުމަށްވުރެ ވީޑިއޯ ބަލައިގެން އެ މަޢުލޫމާތުތައް ފަސޭހައިން ހޯދެއެވެ. އަދި ހިއްސާކޮށްފައިވާ ލިންކުތަކާއި ޑާޓާތައް ޔޫޓިއުބްގައި ސޭވްކުރެވެއެވެ. އަދި ހަމައެހެންމެ ޔޫޓިއުބް މެދުވެރިކޮށް ދަރިވަރުން ބަލާ ވީޑިއޯތައް އެހެން ކުދިންނަށް ޝެއަރކޮށް ސޯޝަލް ނެޓްވޯކްގައި ވެސް ޝެއަރކުރެވެއެވެ.

މީގެ އިތުރުން ބަލާ ވީޑިއޯތަކާ ގުޅޭގޮތުން ޚިޔާލުދިނުމާއި ފީޑްބެކްދިނުންފަދަ ކަންތައްތައް ކުރެވެއެވެ. މީގެ އިތުރުން ޔޫޓިއުބް އެޕްލިކޭޝަން ބޭނުންކޮށްގެން ޓީވީ ޝޯވތައް ބެލުމާއި މިޔުޒިކް ވީޑިއޯ ބެލުމާއި އާޓިސްޓުންގެ ޚާއްޞަ ވީޑިއޯތަކާއި ކިޑްސް ވީޑިއޯތަކާއި އެކަޑަމީ ވީޑިއޯތައް ހިމެނެއެވެ. އެހެންކަމުން ޔޫޓިއުބަކީ ތަޢުލީމީ އެތައް މަޢުލޫމާތުތަކެއް ލިބޭ ހަބެކެވެ.


No comments:

Post a Comment

Post Top Ad

Your Ad Spot