އެންމެ ފަހުގެ

Post Top Ad

Your Ad Spot

05 July 2020

ގޫގުލް ކްލާސްރޫމް


ގޫގުލް ކްލާސް ރޫމަކީ ޢާއްމު ކްލާސްރޫމެއްގައި މަސައްކަތްކުރާ ގޮތަށް ދަރިވަރުންނަށް ކިޔެވުމުގެ މާހައުލެއް އުފައްދައިދޭ އައިސީޓީ ޓޫލެކެވެ. މި ޓޫލް ބޭނުންކުރެވޭނީ އޮންލައިންވުމަށްފަހު އަމިއްލަ މެއިލް އެކައުންޓެއް ބޭނުންކޮށްގެންނެވެ.
މިގޮތުން ފުރަތަމަ ކްލާސް ރޫމަށް ވަނުމުގެ ކުރިން އަމިއްލަ ޖީ- މެއިލް އެކައުންޓެއް އޮންނަންޖެހޭނެއެވެ. އަދި ދަރިވަރާއި މުދައްރިސް ބޭނުންކުރާ މެއިލް ވާންޖެހޭނީ އެއްބާތެއްގެ މެއިލްއަކަށެވެ. މިސާލަކަށް mymailid@gmail.com ފަދަ "ޑޮމެން ނޭމް" އެއްގޮތްވާންޖެހޭނެއެވެ.
މީގެ އިތުރުން ގޫގުލް ކުލާސްރޫމަކީ "ފްރީކޮށް" ބޭނުންކުރެވޭ ގޫގުލް ޕްރޮޑަކްޓެކެވެ. ޢާއްމު ގޮތެއްގައި ގޫލް ކްލާސްރޫމްގައި އޮންނާނީ ދަރިވަރުންނަށް މަސައްކަތް ހަވާލުކުރުމާއި މާއްދާގެ ނޯޓްސްދިނުމާއި މެސެޖްކުރުމާއި ޝެއަރކުރުމެވެ.
މީގެ އިތުރުން ދަރިވަރުން މަސައްކަތްތައް ފުރިހަމަކުރުމަށްފަހު އަޕްލޯޑްކުރުމަށްފަހު ޚިޔާލުދިނުމާއި ވަޒަންކުރުންފަދަ އުނގެނުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެވެއެވެ. .
ގޫގުލް ކްލާސްރޫމަކީ ބޭނުންކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރެވޭ ގޮތަށް އުފައްދާފައިވާ ޓޫލެކެވެ.
އެހާގިނަ ފަސޭހަތަކެއް ހުއްޓަސް ގޫގުލް ކްލާސްރޫމްގައި ދަރިވަރާއި، މުދައްރިސާއި އެއްކޮށް ކޮންފަރެންސް ހެދޭނެ ގޮތެއް ނެތެވެ. އޯޑިއޯ ކޮންފަރެންސާއި، ވަރޗުއަލް ( ވީޑިއޯ ) ކޮންފަރެންސް ހެދޭނަމަ ދަރިވަރުންނަށް އަދި މާފަސޭހަވާނެއެވެ.


ގޫގުލް ކްލާސްަރޫމް ބޭނުންކުރާނެ ގޮތުގެ އިތުރުމަޢުލޫމާތު ހޯދުމަށް ތިރީގައިވާ ވީޑިއޯ ކްލިކް ކޮށްލާށެވެ. 





ގޫގުލް ކްލާސްރޫމް ބޭނުންކުރާގެ ގޮތުގެ ޔޫޒަރ މެނުއަލް








ގޫގުލް ކްލާސްރޫމްގައި ދަރިވަރުންނަށް މަސައްކަތެއް ހަވާލުކުރާނެ ގޮތް ތިރީގައިވާ ވީޑިއޯ އިން ބައްލަވާލައްވާ




No comments:

Post a Comment

Post Top Ad

Your Ad Spot