އެންމެ ފަހުގެ

Post Top Ad

Your Ad Spot

04 July 2020

ކީއޭރިޔާ 4 ގެ ޚުލާޞާ

އުނގެނުމުގެ މާހައުލު މެނޭޖްކުރުން


ޓެކްނޮލޮޖީގެ ތަފާތު ވަޞީލަތްތައް ބޭނުންކޮށް ކްލާސްރޫމާއި، އުނގަންނައިދޭ މާހައުލާއި، އާއްމު ދިރިއުޅުމުގެ މާހައުލު މެނޭޖްކޮށްގެން ކިޔަވައިދިނުން.
އުގަންނައި ދިނުމަށްޓަކައި އޮތް ހަމައެކަނި ވަޞީލަތަކީ ފޮތްތަކާއި ،ބޯޑާއި، ޗޯކާއި ،މާކަރު ކަމުގައި ދުށް ޒަމާން މިހާރު އަހަރަމެންނާއި ވަކިވެއްޖެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހަމައެކަނި އެފަދަ ވަޞީލަތްތައް ބޭނުންކުރި ދުވަސް މިހާރު ފާއިތުވެއްޖެއެވެ.
މިހާރުގެ ޒަމާނީ ކިޔަވައިދިނުމުގައި ކުރިން މިދެންނެވި ތަކެތީތގެ އިތުރުން ޓެކްނޮލޮޖީގެ ޒަރީއާއިން ފޮޓޯތަކާއި ވީޑިއޯތަކާއި އަދި އެހެން ގްރެފިކްސްތައް ބޭނުންކޮށް އުގަންނައި ދިނުމަކީ އެންމެ ކާމިޔާބު ގޮތެވެ. އެއީ ދަރިވަރުންވެސް ގަޔާވެގެން އުނގެނުމުގައި ބައިވެރިވަމުންދާނެތީއެވެ.
ބައެއް ވެބްސައިޓް ތަކާއި އެޕްލިކޭޝަން ތަކާއި ޕްރޮގްރާމްތަކުގެ އެހީގައި މުދައްރިސުންނަށް އެކިއެކި ގޮތް ގޮތުން ތަފާތު ގޮތަކަށް އިންސްޓްރަކްޝަން ނުވަތަ ކިޔަވައިދިނުމުގެ އެހީ ފޯރުކޮށްދެވިއްޖެނަމަ ކްލާސްރޫމާއި، އަދި އެނޫންވެސް ކިޔަވައިދިނުމުގެ މާހައުލުގައްޔާއި، ގޭގެތެރޭގެ މާހައުލުގައިވެސް ދަރިވަރުގެ އުނގެނުން ވަރަށްބޮޑަށް އޮގަނައިޒް ކުރެވި މެނޭޖް ކުރެވިގެންދާނެއެވެ. މުދައްރިސުންނަށް ދަރިވަރުން ޝައުގުވެރިވާފަދަ މާހައުލެއްގެ ތެރެއިން  އުގެނުމުގެ ހިތްވަރާއި ޖޯޝު އުފެއްދެއެވެ.

      ދަރިވަރުންނަށް ފިލާވަޅުތައް ޑެލިވަރ ކޮށްދިނުމުގައި ލިބެންހުރި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާގޮތެވެ. އެގޮތުން ސްމާރޓް ބޯރޑް ނުވަތަ އިންޓަރެކްޓިވް ވައިޓްބޯރޑް، އީމެއިލް ސްކައިޕް ، ގޫގުލްމީޓް، ގޫގުލް ކްލާސްރޫމް، ޒޫމް އަދި ޕަވަރ ޕޮއިންޓް ފަދަ ތަކެތި ބޭނުން ކުރުން ހިމެނެއެވެ.



No comments:

Post a Comment

Post Top Ad

Your Ad Spot