އެންމެ ފަހުގެ

Post Top Ad

Your Ad Spot

01 July 2020

ކޮންސެޕްބޯޑް (އޮންލައިން ވައިޓްބޯޑެއް)


ކޮންސެޕްޓް ބޯޑަކީ އޮންލައިންކޮށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ވަރަށް ފަސޭހަކަމާއެކު އިންޓަރެކްޓިވްކޮށް ބޭނުން ކުރެވޭނެ އޮންލައިން ވައިޓްބޯޑް ޓޫލެކެވެ. އޮންލައިންކޮށް ނޫނަސް ފިޒިކަލް ކްލާސްރޫމެއްގައިވެސް މިޓޫލް ބޭނުންކުރެވިދާނެއެވެ. ޚާއްޞަ ގޮތެއްގައި ދަރިވަރުން މިހާރު ގެންގުޅޭ ޓެބްލެޓް ބޭނުންކޮށް ކިޔަވައިދޭ ކްލާސްރޫމެއްގައި މިއީ ވަރަށް ބޭނުންތެރި ޓޫލަކަށް ވާނެއެވެ.
އިމޭޖްސް އާއި، ފައިލްސް އަދި ކޮންޓެންޓްސް ވެސް ކޮންސެޕްޓް ބޯޑަށް އަޕްލޯޑްކޮށް ޝެއަރ ކުރެވޭނެއެވެ. އަދި ކޮންސެޕްޓް ބޯޑްގައި ޝެއަރ ކުރާ މަސައްކަތްތައް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފަހުންވެސް އެޑިޓް ކޮށްލެވޭނެއެވެ. އިތުރު ކޮންޓެންޓްވެސް އަޕްލޯޑްކޮށް އިތުރަށް އެހެން ފިލާވަޅެއްގައިވެސް ބޭނުންކުރެވިދާނެއެވެ.  
ތަފާތު ކުރެހުންތަކާއި، ޝޭޕްސް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މިޓޫލްގައި އެޑިޓް ކުރާށާއި، ކްރިއޭޓް ކުރަން ބޭނުންކުރެވޭނެ އެކިވައްތަރުގެ ބައިވަރު ޓޫލްސްތައްވެސް ހިމަނާފައިވެއެވެ.
ދަރިވަރުންނަށް ކޮންސެޕްޓް ބޯޑް ޝެއަރކޮށް ދަރިވަރުންނަށްވެސް މުދައްރިސެކޭ އެއްގޮތަށް ކޮންސެޕްޓްބޯޑްގައި ލިޔެ، ކުރަހައި، އަދި ފައިލްތައް އަޕްލޯޑްކޮށް ހެދޭނެއެވެ. ކޮންސެޕްޓް މެޕް ފަދަ މަސައްކަތްތައް ހުރިހާ ދަރިވަރުން އެކުވެގެން ކޮށްލުމަށް މިއީ ވަރަށް ފުރިހަމަ ޓޫލަކަށް ވާނެއެވެ.
ބޭނުންވެއްޖެ ނަމަ ކްލާސް ގްރޫޕްތަކަކަށް ބަހާލުމަށްފަހު ކޮންސެޕްޓް ބޯޑުގައި އެ ކޮންމެ ގްރޫޕަކަށް ސެކްޝަނެއްވެސް ހަދާލެވޭނެއެވެ. ވަކިން ވަކިވަކި ގްރޫޕްތަކަށް ތަފާތު މަސައްކަތްތައްވެސް އެއްވަގުތެއްގައި ދެވިދާނެއެވެ.
ވަރަށް ފަސޭހަކަމާއި އެކު ތައްޔާރީ އިމޭޖްސްތައް އަޕްލޯޑްކޮށްލެވޭއިރު ، ބިލްޑިންގ ބްލޮކްސް އާއި ތަފާތު ވައްތަރުގެ ޓެމްލެޓްސްވެސް އިންސަރޓް ކޮށްލެވޭނެއެވެ. އަދި ތަފާތު ވައްތަރު ވައްތަރުގެ އައިކަންވެސް ކޮންސެޕްޓް ބޯޑަށް އިންސަރޓް ކޮށްލެވޭނެއެވެ.
މީގެ އިތުރުން މީގެ އެންމެ ޚާޢްޞަ ސިފައަކީ އޯޑިއޯ އަދި ވީޑިއޯވެސް އެމްބެޑް ކޮށްލެވޭނެއެވެ. އަދި އެތަކެތި ދަރިވަރުންގެ ޑިވައިސްތަކުން ޕްލޭކުރެވޭގޮތަށް ފަސޭހަކަމާއެކު ޝެއަރ ކޮށްލެވޭނެއެވެ. އަދި ކޮންސެޕްޓް ބޯޑްގައި ކުރެވިފައިވާ މަސައްކަތްތައް އެއްފަހަރާ ދައްކާލުމަށް ސްކްރީން ޝޮޓްވެސް ފަސޭހައިން ނަގާލެވޭނެއެވެ.
ދަރިވަރުންނަށް ކޮންސެޕްޓްބޯޑް ޝެއަރ ކުރަންވެސް ދީފައިވަނީ ވަރަށް ފަސޭހަ އޮޕްޝަންތަކެކެވެ. އެގޮތަށް ޝެއަރކުރަން ދެއޮޕްޝަނެއް ދީފައިވާއިރު ޝެއަރ އަށް ގޮސް ލިންކް ކޮޕީކޮށްލާފަ ވައިބަރ ގްރޫޕްގައި ޕޭސްޓްކޮށްލިޔަސް އެލިންކުން ދަރިވަރުންނަށް ކޮންސެޕްޓް ބޯޑަށް އެކްސެސް ވެވޭނެއެވެ. އަދި ބޭނުންނަމަ އީމެއިލްއަށް އިންވިޓޭޝަންވެސް ފޮނުވާލެވިދާނެއެވެ.  
ކޮންމެއަކަސް އޮންލައިން ވައިޓްބޯޑްގެ ވަރަށް ބައިރުޓޫލްސްތައް އިންޓަނެޓްގައި ލިބެން ހުންނައިރު މިއީ ޕްރެމިއަމް ފީޗާރސްތަކެއް ( ފައިސާދައްކައިގެން ލިބޭ ) ހުއްޓަސް ހިލޭވެސް ވަރަށް ގިނަ ފީޗަރސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓޫލެކެވެ. ކްލާހެއްގައި ބޭނުންކޮށްލުމަށް ބޭނުންވާ ގިނަފީޗަރސްތައް ހިލޭލިބެއެވެ. ހިލޭ ބޭނުންކުރެވޭ ފީޗަރސްތެރޭގައި އަންލިމިޓެޑް މެމްބަރސް އެޑްކޮށްލުމާއި، އަންލިމިޓެޑް ސެކްޝަންތައް ކްރިއޭޓް ކޮށްލެވެއެވެ.
ކޮންސެޕްޓް ބޯޑްގެ ލިމިޓޭޝަނަށް ބަލާއިރު ދަންނަވަން ޖެހެނީ ލިމިޓޭޝަން ވަރަށް ކުޑަކަމުގައެވެ. ވީޑިއޯ ، އޯޑިއޯ އަޕްލޯޑްކުރުމާއި، ލައިވްޗެޓް ހިލޭކުރެވޭއިރު  ކޮންފަރެންސް ކޯލް ކުރުމާއި، ކޮންފަރެންސް ޗެޓްކުރުން ފަދަ މަދު ފީޗަރއެއް ނޫނީ ގަންނާކަށް ނުޖެހެއެވެ. އަދި ގަނެގެންވެސް އެފަދަ ފީޗަރސްތައް ބޭނުން ކުރެވޭނަމަ އެއީ ލިބިޓޭޝަނެއްކަމުގައި ބައެއް ފަރާތްތަކުން ނުދެކޭނެއެވެ.
ކޮންސެޕްޓް ބޯޑާއި ބެހޭއިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ލިންކަށް ކްލިކް ކޮށްލައްވާށެވެ.

No comments:

Post a Comment

Post Top Ad

Your Ad Spot