އެންމެ ފަހުގެ

Post Top Ad

Your Ad Spot

03 July 2020

ކީ އޭރިޔާ 1 ގެ ޚުލާޞާ



ކީ އޭރިޔާ 1 ގެ ކޮންސެޕްޓަކީ ކިޔަވައިދިނުމާއި، އެސެސްކުރުމުގައި އައިސީޓީ ބޭނުން ކުރެވެން ފެށިގޮތާއި، އައިސީޓީ އިން ދަރިވަރުންނަށް ކުރާ ފައިދާއާއި، ކިޔަވައިދިނުމަށާއި، އެސެސްކުރުމަށާއި، އުނގެނުމަށް އިތުރު އެހީއަކަށް އައިސީޓީ ވަނީ ކިހިނެއްކަން ބަޔާންކުރުމެވެ.
އަދުގެ ދުނިޔޭގައި ދަރިވަރުންނާއި މުދައްރިސުން ގުޅުވައިދޭ އެންމެ މުހިންމު ވަސީލަތަކީ، އައިސީޓީ ކަމުގައި ދެންނެވިދާނެއެވެ.  އެކަމުގެ ހެއްކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އައިސީޓީ ކްލާސްރޫމްތައް ބޭނުން ކޮށްގެން ކިޔަވައިދެމުންދާކަމެވެ. އަދި ދުވަހެއް ދުވަހަކަށް ޓެކްނޮލޮޖީ ކުރިއަރައި ތަފާތު ވަޞީލަތްތައް އިތުރުވެގެންދާކަމީ މިކަމުގެ ހެޔޮ ފާލެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އާއްމު ކްލާސްރޫމެއްގައި ކިޔަވައި ދިނުމަށްވުރެ އައިސީޓީ ކްލާސްރޫމްތައް ބޭނުން ކޮށްގެން ކިޔަވައި ދިނުމުން ދަރިވަރުންގެ ނަތީޖާ ރަނގަޅު ވެއެވެ. ކިޔަވައިދިނުމާއި، އެސެސްކުރުމާއި، އަދި ލަރނިންގ އެންވަޔަރމެންޓްގައިދަރިވަރުންގެ ރޯލް ވަރަށްބޮޑަށް ފުޅާވެގެން ދެއެވެ.  
އޭގެ މައިގަނޑު ސަބަބަކީ އެފަދަ ކުލާސްރޫމް ތަކުގައި ކިޔަވައިދޭނަމަ ކުދިންގެ ޝައުޤުވެރިކަން އިތުރު ވުމާއެކު ހަނދާނުގައި ހަރުލައްވަން ފަސޭހަވެއެވެ. ރޮގަރ ސްލެކް (1999) ހާމަކުރައްވާ ގޮތުގައި އައިސީޓީގެ ސަބަބުން ޓީޗަރުންގެ ކިޔަވައިދިނުމަށާއި ދަރިވަރުންގެ ނަތީޖާއަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި މަލްޓިމީޑިއާގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާއަށް  ދަރިވަރުންވަނީ ލޯހުޅުވިފައެވެ.




މި ކީ އޭރިޔާއާއި ގުޅުންހުރި އިތުރު މައުލޫމާތު އަދިވެސް ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. ކްލިކް ކޮށްލައްވާށެވެ. 



ތިރީގައި އެވަނީ ޖުވައިރާ ނަޖީބް 2019 ގައި  އުަފައްދާފައިވާ މި މަޢުޟޫ އާއި ގުޅޭ ވަރަށް މުހިއްމު ލިޔުމެކެވެ. 

No comments:

Post a Comment

Post Top Ad

Your Ad Spot