އެންމެ ފަހުގެ

Post Top Ad

Your Ad Spot

22 June 2020

ބްލޫމްސް ޓެކްސޮނޮމީގެ ހަޔަރއޯޑަރ ތިންކިން (ހޮޓްސް)


މަސައްކަތް:

ބްލޫމްސް ޓެކްސޮނޮމީގެ ހަޔަރއޯޑަރތިންކިން (ހޮޓްސް) ގެ ލެވެލަށް 2 ސުވާލެއް ހެދުން (މިމާއްދާގެ ކޮންޓެންޓާއި، ވެބްސައިޓްގައިވާ މަޢުލޫމާތަށް ބަލައިގެން ސުވާލު ހެދުން)،

ބްލޫމް ޓެކްސޮނޮމީގެ މަޢުލޫމާތު ހައިރާކީގައި ހިމެނެނީ ހަނދާނަށް ގެނައުން ނުވަތަ މަޢުލޫމާތު، ފަހުމްވުން، ބޭނުންކުރުން، ތަޙްލީލުކުރުން، ގޮތްނިންމުން އަދި އުފެއްދުން ތެރިކަމެވެ.

އިމްތިހާނު ކަރުދާސް ތައްޔާރުކުރާއިރު ނުވަތަ ކްލާސްރޫމެގައި ދަރިވަރުންނާއި ކުރާނެ ސުވާލުތަކެއް އުފައްދާއިރު އެންމެބޮޑަށް ސަމާލުކަން ދޭންވީ ކޮގްނިޓިވް ޑޮމެއިންގައި ހިމެނޭ ހުރިހާ ބަޔަކަށް ސުވާލު ތައްޔާރުކުރުމަށެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެ ހަ ވައްތަރުގެ ސުވާލުވެސް ދަރިވަރުންނާ ކުރެވެންވާނެއެވެ.

ކޮގްނިޓިވް ޑޮމެއިންގައި ހިމެނޭ ހުރިހާ ބަޔަކަށް ސުވާލުތައްޔާރުކޮށް ފިލާވަޅަށް ތައްޔާރުވާނަމަ ދަރިވަރުންގެ ވިސްނުންތަރައްޤީވެ ކުރިއަރާލެއް އަވަސްވާނެއެވެ. އަދި ޝައުޤުވެރިކަމާއެކު ފިލާވަޅުގައި ދަރިވަރުން ބައިވެރިވާނެއެވެ.

ބްލޫމްސްޓެކްސޮނޮމީގެ ހަޔަރއޯޑަރ ތިންކިންގ ލެވެލްތަކުގެ ތެރެއިން ދެ ލެވަލަކަށް ސުވާލެއް އުފައްދަން ޖެހުނު ހިނދު ތައްޔާރުކުރި 2 ސުވާލާއި އިތުރު މަޢުލޫމާތު ތިރީގައިއެވަނީ އެވެ.

ސުވާލުގެ ލެވަލް

ސުވާލުގެ މަފުހޫމްތައް

ނަމޫނާ ސުވާލު

އެނަލައިސް ލެވަލް (4)

(މިއީ ކަންކަން ހޯދާ އަޅާކިޔާ ގޮތްނިންމާ ލެވެލެވެ. )

އެކަތި އަނެއްކަޗާ އަޅައިކިޔައި ތަޙްލީލުކުރުން

(1)   ގޫގުލް ސޫޓްގައި ހިމެނޭ ޓޫލްތަކުގެ ތެރެއިން އައިސީޓީ ކްލާސްރޫމެއްގައި އޮންލައިންކޮށް ކިޔަވައިދޭއިރު ބޭނުންކުރަން އެންމެ ރަގަޅު ޓޫލަކީ ކޮބައިހޭ؟ އަދި އެޓޫލް އެހެންޓޫލްތަކަށްވުރެ ރަނގަޅުވީ ކީއްވެގެން ކަން ބުނެދޭށެވެ.

އިވެލުއޭޝަން ލެވަލް (5)

(މިއީ ކޮންމެވެސް މައްސަލައެއްގެ ޙައްލު ހޯދާ އަމިއްލައަށް ދެނެގަނެ އެކަންޙައްލު ކުރުމަށް ފުރުޞަތު ފަހިކޮށްދޭ ލެވަލެވެ. )

މައްސަލަ ދިމާވަނީ ކީއްވެގެންކަން ދެނެގަނެ އެކަން ހައްލުކުރުމުގެ ޤާބިލްކަން ލިބިގަތުން.

(2)   އޮންލައިން ކްލާހެއްގައި ކިޔަވައިދޭ ދަރިވަރުންތަކަކަށް ލިޔުންތެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަން ޙައްލުކުރެވިދާނެ ގޮތްތަކެއް ހުށަހަޅާށެވެ.  


No comments:

Post a Comment

Post Top Ad

Your Ad Spot