އެންމެ ފަހުގެ

Post Top Ad

Your Ad Spot

04 July 2020

ކީއޭރިޔާ 3 ގެ ޚުލާޞާ

އައިސީޓީ ރިސޯސް ޚިޔާރުކުރުން









ކީއޭރިޔާ 3 ގެ ޚުލާޞާއަކީ ކިޔަވައިދިނުމާއި އެސެސްކުރުމުގައި އައިސީޓީ ރިސޯސް ޚިޔާރުކުރުމެވެ. ކިޔަވައިދޭ ފިލާވަޅާ ގުޅޭ ރަނގަޅު އައިސީޓީ ރިސޯސް އިޚްތިޔާރު ކުރުމުގައި މި ކީ އޭރިޔާ އެހީތެރިވެދެއެވެ. 



ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމަށް ސުމޭކް ވަސީލަތައް މުހިންމު

އަޅުގަނޑުމެން  އުނގަންނައި ދިނުމުގައި ކޮންމެ ދުވަހެއްގައި އެތައް ކުދިންނެއްގެ ފެންވަރު ވަޒަން ކުރަން ޖެހެއެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރި އަރައިގެން ދިޔަ ކަމުގައި ވީނަމަވެސް އަދި ވެސް އަޅުގަނޑުމެން އެސެސް ކޮށް މި ހަދަނީ ކަރުދާހުގައި ލިޔެފައިވާ ސުވާލުތަކެއް ދަރިވަރުންނަށް ދީގެންނެވެ.މިއީ މުދައްރިސުންގެ އެތައް ވަގުތެއް އެކަމަކަށް ހޭދަކުރަންވެސް ޖެހޭ ކަމެކެވެ. މެރީލީން ލީސްކް އާއި ޖީންމީޑޯސް (2000) ހާމަކުރައްވާގޮތުގައި އެސެސްކުރުމުގައި ކަރުދާހާއި ގަލަން ބޭނުން ކޮށްގެން ކުއްޖާގެ ފެންވަރު އެސެސްކުރާ މުދައްރިސަކާއި އައިސީޓީ ގެ ޓޫލްސްތަކުގެ އެހީތެރިކަމާއި އެކު އެސެސްކުރުމުގައި ފަރަޤަކީ އެކަމަށް ހޭދަކުރަން ޖެހޭ ވަގުތެވެ. ވީމާ މި ޓޫލްސްތަކުގެ ބޭނުން ކޮށްގެން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ބޭނުން ކުރެވިއްޖެ ނަމަ އަޅުގަނޑުމެން ރަށްތަކުގައި ކިޔަވައިދޭ މުދައްރިސުންނަށް ވެސް ވަރަށް ގިނަ ވަގުތު ސަލާމަތް ކުރެވިދާނެއެވެ. މި މަސައްކަތުގައި ތައްޔާރު ކުރި ޓޫލްތަކުގެ ތެރެއިން ކަހޫޓް، ކުއިޒިޒް، ގޫގުލް ފޯރމް  އަދި ޕުރޭޒީ ފަދަ ޓޫލްސްތަކުގެ އެހީގައި ވަރަށް ޝައުޤުވެރި ވާނެ ގޮތަށް ދަރިވަރުން ފެންވަރު ވަޒަންކުރެވި ރިކޯރޑްސްތައް ބެލެހެއްޓި ފަހަށް ރައްކާކުރެވޭނެއެވެ.

ދަރިވަރުން ޝައުޤުވެރި ކަމާއި އެކު ބައިވެރިކޮށްގެން އުނގަންނައި ދިނުމުގައި ސުމޭކް ވަސީލަތްތައް ބޭނުން ކުރެވިދާނެ.
ކުލާހުގައި އުގަންނައި ދިނުމުގައި ހަރަކާތްތަކުގައި ދަރިވަރުން ޝައުޤުވެރިކަމާއި އެކު ބައިވެރިކުރެވުމުން ފިލާވަޅުގެ މަޤްސަދު ހާސިލް ކުރުމަށް ފަސޭހަވެެގެންދެއެވެ.ނިޔު ސައުތް ވޭލްސް ގެ ޑިޕާރޓްމަންޓް އޮފް އެޑިއުކޭޝަނުން 2006 ވަނަ އަހަރާއި 2008 ވަނައަހަރު ކުރި ސާރވޭ އަކުން ދައްކާގޮތުން ސުމޭކް ޓެކްނޮލޮޖީ ސުކޫލުގައި ބޭނުން ކުރުމުން ދަރިވަރުން ގިނަ ވަގުތު ޝައުޤުވެރިކަމާއި އެކު ބައިވެރިވެއެވެ.( ހާމިސް ކޯޓެސް ،2014). މި ކަމަށް ބާރު ދެއްވައި ނިކޮލެޓާއާއި އޮސްކާ މާޓިނެޒް (2015 ) ހާމަކުރައްވާގޮތުގައި ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލުތައް ހުށައަޅައި ކުލާހުގައި ކޮލަބަރޭޓިވް މާހައުލެއް ޤާއިމް ކޮށް ދިނުމަށް އައި.ސީ.ޓީ  ބޭނުންކުރުން ވަރަށް މުހިންމެވެ.

ކުލާހުގައި ދަރިވަރުންގެ ބައިވެރިން އިތުރުކޮށް ޝައުޤުވެރިވާނެގޮތަށް ބޭނުންކުރުމަށްޓަކައި ޕުރޭޒީ ، ވެންގޭޖް،ގުލޮގްސްޓަރ ހިމެނެއެވެ. މިޓޫލްތަށް ބޭނުން ކޮށްގެން މަސައްކަތް ކުރިއިރު ފާހަގަކުރެވުނީ މި ޓޫލްސްތަކަކީ ދަރިވަރުންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި ހުށައަޅައިދޭ މައުލޫމާތުތައް ވީހާވެސް ޝައުޤުވެރި ވާނެ ގޮތަށް ގެންދެވޭ ޓޫލްސްތަކެކެވެ.


ތިރީގައި އެވަނީ ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ މުހިންމު އައިސީޓީ ޓޫލެއްކަމުގައިވާ ސްކްރެޗް ބޭނުންކުރާނެ ގޮތުގެ ޓިއުޓޯރިއަލް ވީޑިއޯއެކެވެ. 



No comments:

Post a Comment

Post Top Ad

Your Ad Spot