އެންމެ ފަހުގެ

Post Top Ad

Your Ad Spot

03 July 2020

ކީއޭރިޔާ 2 ގެ ޚުލާޞާ

އައިސީޓީ ހިމަނައިގެން ފިލާވަޅު ރޭވުން


ކީއޭރިޔާ 2 ގެ ޚުލާޞާއަކީ އައިސީޓީ ހިމަނައިގެން ފިލާވަޅެއް ތައްޔާރު ކުރުމުގައި ދިމާވާ މައިގަނޑު މައްސަލަތައް ހައްލުކުރުމާއި، އައިސީޓީ ބޭނުން ކޮށްގެން ފިލާވަޅެއް ނަގައިދިނުމުން އައުޓްކަމްސް ތައް ފަސޭހައިން ޙާޞިލްވާކަން ޔަޤީންކޮށްދިނުމާއި، ފިލާވަޅު ފަސޭހައިން ދެނެގަނެވުމާއި، އެސެސްކުރުމުގައިވެސް ސަލާމަތާއި، ރައްކާތެރިކަން އިތުރުވެގެންވާކަން ހާމަކޮށްދިނުމެވެ.


މިޒަމާނުގެ އުގަންނައިދިނުމުގައި މުދައްރިސުންގެ ރޯލަކީ އެކިއެކި ޙާލަތްތަކަށް އަވަސް އަވަހަށް ބަދަލުވާންޖެހޭ ރޯލެކެވެ. 21 ވަނަ ޤަރުނުގައި އުނގަންނައިދޭން ބޭނުންކުރާ މޮޑެލްއަކީ އެސެސްމެންޓަށް އަމާޒުކުރެވޭ މޮޑެލްއަކަށްވާތީ، ޓީޗަރު ވާންޖެހެނީ މުޤައްރަރުގެ ބޭނުންތަކަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައިދިނުން ފަސޭހަކޮށްދޭ މީހަކަށްވާށެވެ.
ތަފާތު އުމުރުފުރާތަކުގެ ދަރިވަރުންނަށް ސޮފްޓުވެއަރ ތަކާއި ހާޑްވެއަރތައް ބޭނުންކޮށްގެން އުނގަންނައި ދިނުމުގެ ޤާބިލުކަން ހުރުމާއި އެކަމަށް ހޭނެންޖެހޭނެއެވެ. 21 ވަނަ ޤަރުނުގައި ޓީޗަރުގެ ދައުރުތެރޭގައި އެތައްގޮތަކަށް ކިޔަވައިދިނުމާއި ކުއްލިއަކަށް ދިމާވާ ޙާދިސާތަކަށް އުނގަންނައި ދިނުމުގެ ޤާބިލުކަން ހުންނަން ޖެހޭނެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި އެކިކުދިން އުނގެނެނީ އެކި ގޮތްގޮތަށެވެ. އެކި ކުދިންގެ ލަރނިންގ ސްޓައިލް ތަފާތެވެ. އެހެންކަމުން 21 ވަނަ ޤަރުނުގެ ޓީޗަރަކީ، ތަފާތު ކުދިންނާއި ގުޅޭ ސްޓައިލްތަކަށް އުނގަންނައި ހުރިހާ ކުދިން ބައިވެރި ކޮށްގެން ކިޔަވައިދޭ މީހަކަށް ވާން ޖެހޭނެއެވެ. ދަރިވަރުގެ  ހުރިހާ ޙިއްސެއް ބޭނުންކޮށްގެން އުނގެނޭ ފިލާވަޅުތައް ތައްޔާރު ކުރުމަކީ 21 ވަނަ ޤަރުނުގެ މުދައްރިސް ކުރައްވަން ޖެހޭނެކަމެކެވެ.

މިފަދަ އުނގަންނައިދިނުމެއް ކުރިއަށް ގެންދެވޭނީ ފިލާވަޅުގައި އައިސީޓީބޭނުންކުރެވިގެންނެވެ. އަދި އައިސީޓީއަށް ލޯހުޅުވިފައިވާ މުދައްރިސުންނާއި، ދަރިވަރުން އަދި ބެލެނިވެރިންވެސް އެއް އަމާޒަކަށް ދަތުރު ކުރެވިގެންނެވެ. 



ފިލާވަޅެއް ރޭވުމުގައި އައިސީޓީ ޓޫލެއް ބޭނުންކުރާނެ ގޮތް ދަސްކޮށްލުމަށް މަތީގައިވާ ވީޑިޯ ޕްލޭކޮށްލައްވާ




ގުޅިގެން އުގަންނައި ދިނުމުގައި ބޭނުންކުރެވިދާނެ ވަރަށް މުހިންމު 10 ޓޫލް މަތީގައިވާ ވީޑިއޯއިން ބައްލަވާލައްވާ

ގުޅިގެން އުގެނުމުގައި ބޭނުންކުރެވިދާނެ ބައިވަރު ޓޫލްތައް ހިލޭ ލިބެން ހުރެއެވެ. އެފަދަ ޓޫލްތަކުގެ ތެރެއިން "މެންޓިމީޓަރ" އަކީ ދަރިވަރުން ވަރަށް ގަޔާވެގެން ފިލާވަޅުގައި ބައިވެރިގެން އުގެނުމުގެ ޙަރަކާތް ކުރިއަށް ގެންދެވިދާނެ ޓޫލެކެވެ. މެންޓި މީޓަރ ބޭނުންކޮށްގެން ޕްރެޒެންޓޭޝަނެއް ތައްޔާރުކުރާނެގޮތް ތިރީގައިވާ ލިންކުން ބައްލަވާލައްވާ! 

No comments:

Post a Comment

Post Top Ad

Your Ad Spot