އެންމެ ފަހުގެ

Post Top Ad

Your Ad Spot

07 July 2020

ޕްރެޒީ

ޓޫލްގެ ތަޢާރަފް

ޕުރެޒީ އަކީ އުނގަންނައި ދިނުމަށް ވަރަށް ބޮޑަށް ބޭނުންކުރެވޭ ޓޫލެކެވެ. ޕަވަރ ޕޮއިންޓް ޕުރެޒެންޓޭޝަން އަށްވުރެ ޝައުޤުވެރިކަން ބޮޑު ޕުރެޒީ އަކީ ވެސް ސުލައިޑް ބޭނުން ކުރެވޭ ޕުރޮގްރާމެކެވެ.ނަމަވެސް ޕަވަރ ޕޮއިންޓް ޕުރެޒެންޓޭޝަނާއި ހިލާފަށް ޕުރޭޒީގައި ސުލައިޑްގެ ބައިތައް ޒޫމްކުރެވޭނެއެވެ.ސުޓުރެސަރ (2014) ހާމަކުރައްވާގޮތުގައި ޕުރެޒީއަކީ ފުލެކްސިބަލް އަދި ޝައުޤުވެރިކަން ބޮޑު ޓޫލެކެވެ. މި ކަމަށް ބާރު ދެއްވައި ބެންޑަރ (2006) ހާމަކުރައްވަނީ ޕުރޭޒީގެ ލިންކު ލިބޭނަމަ ކޮލަބަރރޭޓިވް މަސައްކަތުގެ މައިދާނެއް ޤާއިމް ކުރެވި އެހެން ބައިވެރިންނަށް ވަގުތުން ބަލާ އެޓިޑް ކުރެވޭގޮތަށް ވެސް މަސައްކަތް ކުރެވެއެވެ.

ޓޫލް ބޭނުން ކުރާނެ ގޮތާއި އެންމެ ފައިދާ ކުރާނެގޮތްތައް

ޕްރޭޒީ އަކީ އުނގަންނައި ދިނުން އިންޓަރެކްޓިވް ކޮށް ގެން ދިއުމަށް ވަރަށް ބޭނުންތެރި ޓޫލެކެވެ. މި ޓޫލް ގެ ބޭނުން ކިޔަވައި ދިނުމުގައި ތަފާތު ގޮތްގޮތަށް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ފިލާވަޅުގެ މައުލޫމާތުތައް ދަރިވަރުންނަށް އޮޅުން ފިލުވައި ދިނުމަށާއި ދަރިވަރުންގެ ފިލާވަޅުތައް މުޠާލިޔާ ކުރުމަށް ވެސް ބޭނުން ކުރެވިދާނެއެވެ. މި ޓޫލަކީ ޕަވަރ ޕޮއިންޓް ޕުރެޒެންޓޭޝަން އަށް ވުރެ ދަރިވަރުން މާ ޝައުޤުވެރި ވަނެ ގޮތަށް ބޭނުން ކުރެވިދާނެ ޓޫލެކެވެ.
މި ޓޫލް އަކީ ދަރިވަރުންގެ އަމިއްލަ މަސައްކަތްތައް ހިއްސާކުރުމަށް ވެސް ބޭނުންކުރެވިދާނެ ޓޫލެކެވެ. އެގޮތުން ކޮލަބަރޭޓިވްކޮށް ދަރިވަރުންގެ މަސައްކަތް ކުރުމަށްފަހު ދަރިވަރުންނަށް ހިއްސާކުރެވިދާނެއެވެ. ފިލާވަޅުތައް މުތާލިޔާކުރުމަށާއި ދަރިވަރުންގެ ގުރޫޕް މަސައްކަތްތައްވެސް ދެވިދާނެއެވެ.

  
ޓޫލްއާއި ގުޅޭގޮތުން ނުވަތަ ބެނުންކުރަނެ ގޮތައި ބެހޭގޮތުން މަޢުލޫމަތު ލިޔެފައިވާ ތަފާތު ވެބްސައިޓްތަކާއި ޔޫޓުބުގެ ލިންކްތައް
https://prezi.com/product/ ޔުޓިއުބް އާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށް މި ލިންކް ބޭނުން ކުރާށެވެ.
https://www.youtube.com/watch?v=AlvWXa_uiZo      ޕްރެޒީ ހަދާނެގޮތުގެ ގައިޑް ބެލުމަށްޓަކައު ޔޫޓިއުބް ބޭނުން ކުރާނަމަ މި ލިންކް ބޭނުން ކުރާށެވެ.
ވެބްސައިޓް އަށް ދިއުމަށް މި ލިންކް އަށް ފިއްތާލާށެ.

އަޅުގަނޑުމެން ގުރޫޕްގައި  ދަރިވަރުން ތައްޔާރު ކުރި މަސައްކަތް ބަލާލުމަށް މި ލިންކް ބޭނުން ކުރާށެވެ.

ތަޖުރިބާކުރި އިރު ފަހަގަ ކުރެވުނު ބައެއް ލިމިޓޭޝަން/ދަތިތައް އަދި އެކަންކަން މެނޭޖު ކުރާނެގޮތް
ޕުރެޒީ ދަސްކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތުގައި  އަޅުގަނޑު ބައިވެރި ކުރި 5 ދަރި ވަރުންނެވެ. 5 ދަރި ވަރުން ވެސް މި މަސައްކަތް ކުރުމަށް ވަރަށް ޝައުޤުވެރިވިއެވެ. ޕުރޭޒީ އަކީ މި ދަރިވަރުން އަލަށް ކިޔެވި ޓޫލެކެވެ.
ޕުރޭޒީ މި ޓޫލް ދަސްކޮށްދިނުމަށް ކުރެވުނު މަސައްކަތުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތި ލާން ޖެހުނެވެ. ސަބަބަކީ ދަރިވަރުން ނަށް އިންޓަނެޓް އެންމެ ބާރު ސުޕީޑްގައި ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ވަގުތުތައް ހޭދަކުރަން ޖެހުނެވެ.
 ގުރޫޕްގެ ހުރިހާ ދަރިވަރުން ވެސް މަސައްކަތް ކުރީ ދިވެހިން ލިޔެވޭތޯ އެވެ. ނަމަވެސް ދިވެހިން ލިޔެވޭނެ އެއްވެސް ގޮތެއް ނުފެނުނެވެ. ވީމާދެން ލިޔަން ފެށީ އިނގިރޭސިންނެވެ. ނަމަވެސް ގުރޫޕްގެ އެއް ބައި ވެރިއަކަށް މި ޓޫލްގައި ކޮޕީ ޕޭސްޓު ކުރެވޭ ކަން އެނގުމުން ދެން އެގޮތަށް ދިވެހިން ލިޔެ ޕޭސްޓް ކުރީއެވެ. ދަރިވަރުންގެ އަމިއްލް ލެޕްޓޮޕް އަދި ކޮންޕިއުޓަރ ނެތުމަކީ ވެސް އަޅުގަނޑުމެންނަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަޅުގަނޑުމެން ކޮންޕިއުޓަރ ލެބްގައި މަސައްކަތް ކުރަން ޖެހުންވީ ދިމާވި ވަރަށް ބޮޑު ދައްޗަކަށެވެ.




މުދައްރިސުން ބޭނުން ކުރާނެ ގޮތުގެ އިރުޝާދު

ü      ފުރަތަމަ www.prezi.com    ހުޅުވާށެވެ.
ü     އެއަށްފަހު" get started  މި ބަޓަން ކުލިކް ކޮށްލާށެވެ. ( މި ބަޓަން އިންނާނީ ސުކުރީންގެ ކަނާފަރާތު)
ü     އެޑިޔުކޭޝަނަލް ޕުލޭން ގެ ސުޓުޑެންޓް އަދި ޓީޗަރ ސެކްޝަން ކުލިކް ކޮށްލާށެ
ü     Start with Edu Enjoy “" މި ބަޓަނަށް ފިއްތާލާށެވެ
ü   “Student/Teacher Verification“ މި މެސެޖް ބޯޑުން އީމެއިލް އެޑް ލިޔުމަށްފަހު "verify" ކުލިކް ކޮށްލާށެވެ.
ü     އީމެއިލް އެޑް ގެ ޖަންކް މެއިލް އަށް ޔޫއާރ އެލް ލިބިފައިވާނެއެވެ . އެ ލިންކަށް ކުލިކް ކޮށްލާށެވެ.
ü       SIGN UP TO PREZI”" މި ބޯޑުގައި ވާ މައުލޫމާތު ތައް ފުރިހަމަ ކުރާށެވެ. އަދި ބޯޑުގެ ތިރީގައި ވާ SIGN UP”" ކުލިކް ކޮށްލާށެވެ.
ü     ބޭނުންވާ  ޕުރެސެންޓޭޝަން އެއް އައްޔަން ކުރާށެވެ.
ü     މައިކުރޯ ސޮފްޓް ވާރޑް ހުޅުވާށެވެ.
ü     ވޯރޑްގައި ދޭން ބޭނުންވާ މަސައްކަތްތައް ލިޔާށެވެ
ü     ދަރިވަރުންނަށް ދޭން ބޭނުންވާ މަސައްކަތް ފަހަރަކު ސުވާލެއް ސުލައިޑް ގައި ތަތް ކުރާށެވެ.
ü     ދަރިވަރުން އަމިއްލަ އައިޕެޑް މަސައްކަތް ކުރުވަން ދޭނަމަ އީމެލް އެޑް ޝޭއަރ ކުރާށެވެ.

 ދަރިވަރުން ބޭނުން ކުރާނެ ގޮތުގެ އިރުޝާދު

ü      ފުރަތަމަ www.prezi.com    ހުޅުވާށެވެ.
ü      އެއަށްފަހު" get started  މި ބަޓަން ކުލިކް ކޮށްލާށެވެ. ( މި ބަޓަން އިންނާނީ ސުކުރީންގެ ކަނާފަރާތު)
ü      އެޑިޔުކޭޝަނަލް ޕުލޭން ގެ ސުޓުޑެންޓް &ޓީޗަރ ސެކްޝަން ކުލިކް ކޮށްލާށެ
ü      Start with Edu Enjoy “" މި ބަޓަނަށް ފިއްތާލާށެވެ
ü      “Student/Teacher Verification     މި މެސެޖް ބޯޑުން އީމެއިލް އެޑް ލިޔުމަށްފަހު "verify" ކުލިކް ކޮށްލާށެވެ.
ü      އީމެއިލް އެޑް ގެ ޖަންކް މެއިލް އަށް ޔޫއާރ އެލް ލިބިފައިވާނެއެވެ . އެ ލިންކަށް ކުލިކް ކޮށްލާށެވެ.
ü        SING UP TO PREZI”" މި ބޯޑުގައި ވާ މައުލޫމާތު ތައް ފުރިހަމަ ކުރާށެވެ. އަދި ބޯޑުގެ ތިރީގައި ވާ SIGN UP”" ކުލިކް ކޮށްލާށެވެ. މި ލިންކަށް ކުލިކް ކޮށްލާށެވެ.

ތިރީގައި އެވަނީ ޕްރޭޒީ ވީޑިއޯ ގައި އަޅުގަނޑު ތައްޔާރުކޮށްފައިވާ ކުޑަވީޑިއޯ އެކެވެ. 


No comments:

Post a Comment

Post Top Ad

Your Ad Spot