މިއީ ތިންވަނަ ހަފްތާގައި ޙަވާލުކުރެވުނު މަސައްކަތެވެ. މި މަސައްކަތަކީ ކްލާހުގައި ގެންގޮސްފައިވާ އައިސީޓީ ޓޫލްތަކުގެ ސަބަބުން ކިޔަވައިދިނުމަށް އައި ބަދަލުތަކާއި ދަރިވަރުންގެ އުނގެނުމަށް އައި ކުރިއެރުންތަކާއި ފައިދާތަކާއި ހުރި ގޮންޖެހުންތަކުގެ އިތުރުން މުދައްރިސުންގެ ކިޔަވައިދިނުމަށް ލިބުނު ކުރިއެރުންތައް ބަޔާންކުރުމުގެ ގޮތުން ޙަވާލުކުރެވުނު މަސައްކަތެކެވެ.
މި ގޮތުން މި މިއަދުގެ މަސައްކަތުގައި މައިގަނޑު ގޮތެއްގައި ޙަވާލުކުރެވިފައިވަނީ އައިސީޓީ ޓޫލްސްތަކުގެ ކުރު ތަޢާރަފަކާއި ކުލާހުގައި މި ޓޫލްސްތައް ބޭނުންކުރުމުން ފާހަގަކުރެވުނު ލިމިޓޭޝަންތަކާއި އެކަން މެނޭޖުކުރި ގޮތްތަކަށް ވާހަކަ ދައްކާ ގޮތްތަކެއް ހޯދުމެވެ.
މީގެ އިތުރުން މުދައްރިސުން މި ޓޫލް ބޭނުންކުރާނެ ގޮތްތަކާއި ކުރާނޭ ކަންކަން ބަޔާންކޮށްދިނުމާއި ދަރިވަރުން މި ޓޫލް ބޭނުންކުރާނެ ގޮތްތަކާއި ކުރާނެ ކަންކަން ވެސް ބުނެދޭން ޖެހެއެވެ. އަދި ހަމައެހެންމެ އައިސީޓީ ޓޫލްތައް ބޭނުންކުރުމާމެދު ދެކޭ ގޮތުގެ ރިފްލެކްޝަނެއް ވެސް ބަޔާންކުރާންޖެހެއެވެ.
އަދި ހަމައެހެންމެ އައިސީޓީ ޓޫލް ބޭނުންކުރުމަކީ ކިހާ ފައިދާހުރި ކަމެއްކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިޓިކަލް ގޮތެއްގައި ޚިޔާލުތަކެއް ވެސް ހުށައަޅާން ޖެހެއެވެ.
މި ހަފްތާގެ މަސައްކަތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
މަސައްކަތް ކުރިއަށް ގެންދިޔަގޮތް:
ކުރީ ހަފްތާއެކޭ އެއްފަދައިން މިހަފްތާގައިވެސް ކުރެވުނު މަސައްކަތްތައް ކުރިއަށް ގެންދިޔައީ ކްލާހުގެ ދަރިވަރުން 4 ގުރޫޕްކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކަށްވެސް ހަވާލުކުރެވުނީ ދާދި އެއްމަސައްކަތެއް ކަމުގައިވިޔަސް އުނގަންނައިދިނުން ވަޒަންކުރުމުގައި ބޭނުންކުރާ ޓޫލް ތަފާތު ކުރަންޖެހެއެވެ.
އަޅުގަނޑުމެންގެ ގުރޫޕުން ޓޫލެއްގެ ގޮތުގައި ނެގީ ވަން "މިނިޓް ޕޭޕާރސް" އެވެ. މި ޓޫލް ބޭނުން ކުރާނެ ގޮތާއި، ޓޫލް ބޭނުން ކުރުމަށް ގެންދެވިދާނެ އެކްޓިވިޓީއެއްވެސް ވާނީ ރާވާލެވިފައެވެ.
ތިރީގައި އެވަނީ ގްރޫޕްގެ ބައިވެރިން ތައްޔާރުކުރި މަސައްކަތްތަކެވެ.
ވީޑިއޯތަކުން ލިބުނު މަޢުލޫމާތު:
No comments:
Post a Comment