އެންމެ ފަހުގެ

Post Top Ad

Your Ad Spot

19 June 2020

ވެބްސައިޓްގެ ކުޑަ ތަޢާރަފެއް

މި "ޕޯޓްފޯލިއޯ ވެބްސައިޓް" އަކީ މާސްޓަރސް އޮފް ޓީޗިންގ ޕްރޮގްރާމުގައި، ކިޔެވުމަށް ހަމަޖެހިފައިވާ މޮޑިއުލްތަކުގެ ތެރޭގައި ހިމެނޭ "އިންފޮމޭޝަން ޓެކްނޮލޮޖީ އިން އެޑިޔުކޭޝަން" މިމާއްދާއިން ޙަވާލުކުރެވުނު މުހިންމު މަސައްކަތެކެވެ.  އަދި މިތައްޔާރު ކުރެވުނު ޕޯޓްފޯލިއޯ ވެބްސައިޓުގައި ކްލާހުގައި ކުރެވިފައިވާ މަސައްކަތްތައް އަޕްލޯޑްކޮށް ލިންކް ކުރުމުގެ އިތުރުން އެއިން ކޮންމެ މަސައްކަތަކާ ބެހޭގޮތުން ކުރު ތަޢާރަފެއް  ލިޔެވިފައިވާނެއެވެ

އަޅުގަނޑު ދެކޭގޮތުގައި، މިފަދަ ވެބްސައިޓްތައް ހެދުމުގެ މިމަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެކެވެ. އޭގެ އެންމެބޮޑު އެއް ފައިދާއަކީ ކްލާހުގައި ކުރެވޭ މަސައްކަތްތައް ރައްކާތެރިކަމާއެކު މުސްތަޤްބަލަށްޓަކައި މުހިންމު ރިސޯސެއްގެ ގޮތުގައި އަބަދާއަބަދު އަތްފޯރާ ހިސާބުގައި ފަސޭހަކަމާއެކު ބަލައިލެވޭގޮތަށް އަޕްލޯޑްކޮށްފައި ބެހެއްޓުމެވެ.

އޭގެ އިތުރުން މިފަދަ މަސައްކަތެއްގެ ސަބަބުން ވެބްސައިޓާއި، ބްލޮގް ހެދުމާބެހޭގޮތުން ކުރިން އެނގިފައި ނުވާ ކިތައްމެ ކަމެއް އެނގުމަށް މަގުފަހިވެގެން ދާނެތީއެވެ. މިފަދަ ބްލޮގެއްގައި ކުރެވޭ މަސައްކަތްތައް އެއްތަނަކުން ފެންނަން ހުރުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށްވާނެކަން ޔަޤީނެވެ.

 


No comments:

Post a Comment

Post Top Ad

Your Ad Spot