އެންމެ ފަހުގެ

Post Top Ad

Your Ad Spot

19 June 2020

ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދިނުން

މިއީ ދެވަނަ ހަފްތާގައި ޙަވާލުކުރެވުނު ފުރަތަމަ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން ޓާސްކް ޙަވާލުކުރެވުނީ ކްލާސް 4 ގްރޫޕަށް ބަހާލުމަށްފަހު ކޮންމެ ގްރޫޕަކަށް ޓާސްކެކެވެ. މި ޓާސްކްގެ ތީމަކީ ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދިނުން ކަމުގައިވިޔަސް މައިނގަނޑު މަސައްކަތަކަށް ވެފައިވީ ގޫގުލްސައިޓްސްގައި ކޮލަބަރޭޓިވްކޮށް ގުރޫޕްގެ ހުރިހާ ބައިވެރިން ވެގެން ސަބްޕޭޖެއް ތައްޔާރުކުރުމެވެ.


ޙަވާލުކުރެވުނު މަސައްކަތުގެ ޚުލާޞާ ތިރީގައި އެވަނީއެވެ.


މި މަސައްކަތުގެ ތެރެއިން އަޅުގަނޑު ހިމެނުނު ގުރޫޕްގެ ލީޑަރަކީ އަޅުގަނޑެވެ. އަޅުގަނޑުމެން އިޚްތިޔާރުކުރީ ޓެކްނޮލޮޖީގެ ތެރެއިން "ރިޕްކުރުން" ކިޔަވައިދިނުމުގެ ފިލާވަޅެއް ވީޑިއޯ ބޭނުންކޮށްގެން ކުރިއަށް ގެންދާނެ ގޮތް ރާވާލުމަށެވެ.

ރިޕްކުރުމަކީ އޯޑިއޯ އާއި ވީޑިއޯ ގެ ގޮތުގައި ހުންނަ ކޮމްޕެކްޓް ޑިސްކާއި، ޑީވީޑީ ފަދަ ތަކެތި ސައިޒް ކުޑަކޮށް ކޮމްޕިއުޓަރުގެ ހާޑްޑިސްކްގައި ރައްކާކުރުން ފަދަ ކަންކަމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މައިގަނޑު މަފުހޫމަކީ ފައިލްގެ ސައިޒް ކުޑަކުރުމާއި، ފޯމެޓް ބަދަލުކުރުމެވެ.

މި މަސައްކަތް ކުރާނެގޮތް ކިޔަވައިދިނުމަށް އަޅުގަނޑުމެން ތައްޔާކުރީ ކުރުވީޑިއޯ އެކެވެ. އެވީޑިއޯގެ ލިންކް ތިރީގައި އެވަނީ އެވެ.


އޭގެއިތުރުން ވީޑިއޯ ބޭނުންކުރާނެގޮތާއި، ލިބޭނެ ފައިދާތައް އަޅުގަނޑުމެން ލިޔުނީމެވެ.

އެ ޕޮއިންޓްތައް ތިރީގައި އެވަނީ އެވެ.

އެ ވީޑިއޯ ބޭނުންކުރާނީ ރިޕްކުރަން ދަސްކޮށްދޭ ފިލާވަޅު ދަރިވަރުންނަށް ކިޔައިދީ އޮޅުންފިލުވައިދިނުމަށެވެ.

މި ވީޑިއޯ ބޭނުންކުރުމުން ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވާނެއެވެ.

ވީޑިއޯ އާއި ގުޅުވައިގެން ރިޕްކުރާނެގޮތް އޮޅުންފިލުވައިދިނުމުން ދަރިވަރުންނަށް ފަސޭހައިން ދަސްވާނެއެވެ.

ވަގުތު ސަލާމަތް ކުރެވޭނެއެވެ.

ފިލާވަޅުގައި ދަރިވަރުން ފުރިހަމަޔަށް ބައިވެރިވާނެއެވެ.

ދަރިވަރުންނާ ޙަވާލުރާ މަސައްކަތް ރަނގަޅަށް ނިންމުމަށް މަގުފަހިވާނެއެވެ.

މުދައްރިސްގެ މަސައްކަތް ދަރިވަރުން ފަސޭހައިން ބަލައިގަންނާނެއެވެ.

އުފެއްދުން ތެރިކަމަށް ދަރިވަރުން ދަރިވަރުން ލޯބިކުރާނެއެވެ. އަދި އެފަދަ އުފެއްދުމެއް އުފެއްދުމުގެ ޝައުޤުވެރިކަން އުފެދޭނެއެވެ. 

ކާމިޔާބު ފިލާޅެއް ނަގައިދެވުމުގެ އުފާ މުދައްރިސަށް ލިބިގެންދާނެއެވެ.

 

ގްރޫޕް މަސައްކަތެއްގެ ގޮތުގައި ހަވާލުކުރެވުނު އައިސިޓީ ކޮލަބަރޭޓިވް (ގޫގުލްސައިޓްސް / ވެބްޕޭޖް) ގެ ލިންކް ތިރީގައި އެވަނީއެވެ.

 

ދާއޫދު ގްރޫޕްގެ ވެބްޕޭޖް ލިންކް

 

 

 

 


No comments:

Post a Comment

Post Top Ad

Your Ad Spot