އެންމެ ފަހުގެ

Post Top Ad

Your Ad Spot

19 June 2020

ގޫގުލް ސައިޓްސްގައި އަމިއްލަ ވެބްޕޭޖެއް ހެދުން

މިއީ ފުރަތަމަ ހަފްތާގައި ޙަވާލުކުރެވުނު ފުރަތަމަ މަސައްކަތެވެ. ގޫގުލް ސައިޓްސް (Google Sites) ގައި އަމިއްލަ ވެބް ޕޭޖެއް ހެދުމެވެ. މިއީ ގޫގުލް އެކައުންޓެއް އޮތް ކޮންމެ މީހަކަށް ވެސް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. ދަރިވަރުން އުފައްދާ ލިޔުންތަކާއި ފޮޓޯ އަދި ވީޑިޔޯ ފަދަ އެކި ބާވަތުގެ މަސައްކަތް އެއްކޮށް ޖަމާކުރަން އެކަށޭނަ އެއްޗެކެވެ. އެހެން އިބާރާތަކުން ބުނާ އަޅުގަނޑުމެން ކުރާ މަސައްކަތްތައް ހަދާށާއި، ރައްކާކޮށް އަޕްލޯޑް ކުރުމަށް ގޫގުލް ސައިޓްސް ބޭނުންކުރުމަކީ ވަރަށް ފަސޭހަކަމެކެވެ.

މި ޕްލެޓްފޯމްގައި ދަރިވަރު ބޭނުންވާގޮތަށް އަމިއްލަ ވެބްސައިޓެއް ހަދައި، އޭނާގެ މަސައްކަތް އޭގައި ބޭނުން ގޮތަކަށް ޝާއިއުކުރެވޭނެއެވެ. ދަރިވަރު ބޭނުންވާ ގޮތަށް ޕޯޓްފޯލިޔޯގެ ތީމް، ކުލަ އަދި ފަރުމާ ބަދަލުކޮށް، ކޮންޓެންޓް ތަރުތީބުކޮށް، މުދައްރިސްގެ އިތުރުން ބެލެނިވެރިޔާ އާއެކު ހިއްސާކުރަން މިއީ ވަރަށް މުނާސަބު ވަސީލަތެކެވެ.


ޙަވާލުކުރެވުނު މަސައްކަތުގެ ޚުލާޞާ:

 

މި މަސައްކަތުގެ ތެރެއިން ޓީޗިން ޑިޖިޓަލް ޓޫލަކަށް އަޅުގަނޑު އިޚްތިޔާރުކުރީ ޓީޗަރ ޓިޔުބް އެވެ. ޓީޗަރ ޓިއުބް އަކީ ޓީޗަރުންނަށާއި ، ދަރިވަރުންނަށާއި، އަދި ބެލެނިވެރިންނަށްވެސް ފައިދާ ކުރަނިވި އެޑިޔުކޭޝަނަލް ވީޑިއޯ އެކުލެވިގެންވާ ސައިޓެކެވެ. ޔޫޓިއުބާ އި ދާދި އެއްގޮތަކަށް ބޭނުންކުރެވޭ މިސައިޓްގައި ވަރަށް މުހިއްމު ހަމަ އެހާމެ ހިތްހަމަޖެހޭ ގޮތަކަށް އެޑިޔުކޭޝަނަލް މައުލޫމާތު ގެނެސްދީފައިވެއެވެ. ހަމައެހެންމެ އެހެނިހެން މައުލޫމާތު ލިބިގަނެވޭނެ ލައިބްރަރީ ގެ ތަކެތި އޯޑިއޯ އާއި ފޮޓޯގެ ޒަރީއާއިން ލިބިގަނެވެއެވެ.

ފުރަތަމަ ހަފްތާގައި ހަވާލުކުރެވުނު މަސައްކަތުގެ ތެރެއިން ގޫގުލް ސައިޓްގައި އަޅުގަނޑު ތައްޔާރުކުރި ވެބް ޕޭޖްގެ ލިންކް ތިރީގައި އެވަނީއެވެ.



 އަޙްމަދު ދާއޫދުގެ ގޫގުލްވެބްޕޭޖް


No comments:

Post a Comment

Post Top Ad

Your Ad Spot